ސައުދީގައި ރައްޔިތުންގެ ސަލާމަތަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސައުދީގައި ރައްޔިތުންގެ ސަލާމަތަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަނީ
ސައުދީގައި ރައްޔިތުންގެ ސަލާމަތަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ސައުދީ ކްރައުން ޕްރިންސް އަދި އިންޓީރިއަރ މިނިސްޓަރ މުޙައްމަދު ބިން ނާއިފް ވިދާޅުވެއްޖެއެވެ.

މަސްޖިދުއްނަބަވީ ކައިރީގައި ޖާނުން ފިދާވެގެން ރޭ ދިން ޓެރަރިސްޓް ހަމަލާގައި އަނިޔާލިބުނު މީހުންނަށް ޕްރިން ނާއިދު ޒިޔާރަތްކުރެއްވުމަށްފަހު ވަނީ ސެކިޔުރިޓީންގެ ހިތްވަރަށް ތައުރީފް ކުރައްވައިފައެވެ.

ޕްރިންސް ނާއިފް ވިދާޅުވީ ޤައުމުގެ ސެކިޔުރިޓީ އަންނަނީ ބެލެހެއްޓެމުން ކަމަށާއި އަދިވެސް އިތުރަށް ސަލާމަތީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ރޭ ދިން ހަމަލާ ދިން އެކަކީ އަމިއްލަ ފަރާތެއްގެ ގޮތުގައި 12 އަހަރު މަދީނާގައި މަސައްކަތްކޮށްފައިވާ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ ޢަބްދުﷲ ގުލްޒާރު ޚާން އެވެ.

އޭނާގެ ހަށިގަނޑުގައިވާ ބޮން އަމިއްލައަށް ގޮއްވައިލީ ސެކިޔުރިޓީ ބަލަހައްޓާ މީހުން އޭނާއަށް ސަމާލުކަންދީ އޭނާއާއި ދިމާއަށް ދާން ފެށުމުންނެވެ.

ޕްރިންސް ނާއިފް ވިދާޅުވީ ޓެރަރިޒަމަކީ މުޅި ދުނިޔެއަށް ފެތުރުފައިވާ އެންމެ ބޮޑު ވަބާ ކަމަށްވުމުން ސައުދީގައިވެސް އެފަދަ އަމަލުތައް ހުއްޓުވުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެކަމަށާއި ނަމަވެސް ސައުދީ ސަލާމަތީ ބާރުތަކުން ޓެރަރިޒަމްގެ އަމަލުތަކާއި ދެކޮޅަށް އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ވަރަށް ބޮޑެތި ކާމިޔާބީތަކެއްވެސް ޙާޞިލުކުރަމުން ކަމަށެވެ.
މިއަދު އޮންލައިން