ހިތުގަ އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު އޮތް މީހަކުވެސް ރަސޫލާގެ މިސްކިތްކޮޅަށް ހަމަލާއެއް ނުދޭނެ: އަޒުހަރު

އަހުމަދު
ކިޔުމަށް ހޭދަވާނީ 57ސ
ހިތުގަ އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު އޮތް މީހަކުވެސް ރަސޫލާގެ މިސްކިތްކޮޅަށް ހަމަލާއެއް ނުދޭނެ: އަޒުހަރު
އެމީހެއްގެ ހިތުގައި އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު އޮތް މީހަކުވެސްކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅަށް ހަމަލާ ނުދޭނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ޔުނިވަރސިޓީ، އަޒުހަރު ޔުނިވަރސިޓީގެ އެންމެ އިސް ޝައިޚް، ޝައިޚުލްއަޒްހަރު ޢަބްދުﷲ އައްޝައިޚް ވިދާޅުވެއްޖެއެވެ.

ޝައިޚް މިމޭރުމުން ވިދާޅުވީ މަސްޖިދުއްނަބަވީއަށް ވަދެ އެތަނުގައި ބޮން ގޮއްވަން ކުރި މަސައްކަތް ކުށްވެރިކުރައްވައި ދެއްވި ބަޔާނުގައެވެ.

ޝައިޚް ވިދާޅުވީ މި ބިންމަތީގައި ހުރި އެންމެ މުޤައްދިސް 3 ބިނާއަކީ 3 ހަރަމްފުޅު ކަމަށާއި މަސްޖިދުއްނަބަވީ އަކީ ހުރިހައި ގޮތަކުން ވަރަށް ބޮޑު ޚާއްޞަ ކަމެއް ލިބިފައިވާ ތަނެއް ކަމަށެވެ. އަދި އެފަދަ މުހިންމު ތަނަކަށް ހަމަލާ ދިނުމަކީ ހިތުގައި ޒައްރެއްގެ މިންވަރަށް ވެސް މާތްﷲ އަށް ބިރުވެތިކަން އޮތް މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ގިނަ އަދަދެއްގެ ޤައުމުތަކުންނާއި ދީނީ އިލްމުވެރިން އަދި މުސްލިމުން ނޫން ގިނަ ބައަކުވެސް ގެންދަނީ މަސްޖިދުއްނަބަވީކައިރީގައި ރޭ ދިން ހަމަލާ ކުށްވެރިކުރަމުންނެވެ.
މިއަދު އޮންލައިން