ޒުވާނުންގެ ވިސްނުން ހަލާކުކުރުމަށް ދެމުން ގެންދާ ދަގަނޑު ހަމަލާތައް ބަލިކުރާނަން: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޒުވާނުންގެ ވިސްނުން ހަލާކުކުރުމަށް ދެމުން ގެންދާ ދަގަނޑު ހަމަލާތައް ބަލިކުރާނަން: ސަލްމާން ރަސްގެފާނު
ޒުވާނުންގެ ވިސްނުން ހަލާކުކުރުމަށް ދެމުން ގެންދާ ދަގަނޑު ހަމަލާތައް ބަލިކުރައްވާނެ ކަމަށާއި އަދި އެކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދު ދުވަހާއި ގުޅިގެން މިރޭ ދެއްވި ބަޔާނުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ޤައުމުތަކުގެ މުސްތަޤްބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި ޒުވާނުންނަކީ އެންމެ އަގުބޮޑު ރައުސްމާލު ކަމަށެވެ. އެހެންކަމުން ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމުގެ ވަކިތަކުން ޒުވާނުން ސަލާމަތްކުރަންޖެހޭ ކަމަށެވެ.

މިއަދު ހުރިހައި ޤައުމަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމްގެ މައްސަލަތައް ކަމަށެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ އިސްލާމީ އުންމަތަށް ހުރި މައްސަލަތައް ޙައްލުކުރެވޭނީ ޤައުމުތައް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. ޤައުމުތައް ގުޅިގެން އިތުރު ހިތްވަރާއިއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަނިޔާވެރި އަމަލުތަކުން މުސްލިމް ޤައުމުތައް ސަލާމަތް ކުރުމުގެ މުހިންމުކަން ސަލްމާން ރަސްގެފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން