މަދީނާ އާ ޖިއްދާގަ ބޮން ގޮއްވި މައްސަލައިގަ 7 ސައުދީންނާ ޕާކިސްތާނު 12 މީހުން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މަދީނާ އާ ޖިއްދާގަ ބޮން ގޮއްވި މައްސަލައިގަ 7 ސައުދީންނާ ޕާކިސްތާނު 12 މީހުން ހައްޔަރުކޮށްފި
މަދީނާ އާ ޖިއްދާގަ ބޮން ގޮއްވި މައްސަލައިގަ 7 ސައުދީންނާ ޕާކިސްތާނު 12 މީހުން ހައްޔަރުކޮށްފިއެވެ.

އެދުވަހު ޖާނުން ފިދާވެގެން މަސްޖިދުއްނަބަވީ ކައިރީގައި ބޮން ގޮއްވި އެކަކީީ ނައިރު މުސައްލަމް ހައްމާދް އަލްނުޖައިދީ އަލްބުވީ (26އ) އެވެ. މީނާއަކީ މީގެ ކުރިން ޤާތިފްގެ މިސްކިތަށް ހަމަލާދިނުމުގައިވެސް ބައިވެރިވެފައިވާ މީހެކެވެ.

އޭނާގެ އިތުރުންވެސް ޖާނުން ފިދާވެގެން 3 މީހަކު ވަނީ އެދުވަހު މަރުވެފައެވެ.

ހޯމް މިނިސްޓްރީން ބުނީ މަސްޖިދުއްނަބަވީ ކައިރީގައި ބޮން ގޮއްވަން ބޭނުންކޮށްފައިވަނީ ހަމައެދުވަހު ޖިއްދާގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި ވެސް ގޮއްވައިލަން ބޭނުންކުރި ފަދަ ކެމިކަލް ކަމަށެވެ.

ސައުދީ ހޯމް މިނިސްޓްރީން ބުނީ ތަޙްޤީޤްގައި ކުރިއެރުން ލިބެމުން އަންނަ ކަމަށާއި އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
މިއަދު އޮންލައިން