23.16 މިލިއަން މީހުން ރަމަޟާންމަހު ޢުމުރާވި

ކިޔުމަށް ހޭދަވާނީ 45ސ
23.16 މިލިއަން މީހުން ރަމަޟާންމަހު ޢުމުރާވި
މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު 23.16 މިލިއަން މީހުން ޢުމުރާވެއްޖެއެވެ.

ސައުދީ ހައްހު މިނިސްޓްރީން ބުނީ މިއެންމެންނަށް ވަރަށް ފުރިހަމައަށް ޚިދުމަތްދެވުނު ކަމަށެވެ. "27 ވިލޭރޭ ގިނަ ބައަކު އެއްފަހަރާ ނުކުންނަން އުޅުމުގެ ތެރޭގައި 12 މީހަކު ވެށްޓުނު. ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާ ކުރަންޖެހިފައެއް ނުވޭ. މިނޫނީ މިވަރުގެ ހާދިސާއެއްވެސް ހިނގާފައެއް ނުވޭ."

ހޯމް މިނިސްޓްރީން ބުނީ އުމުރާވެރިން ޙަރަމްފުޅަށް ދިއުމަށް 1.46 މިލިއަން ވެހިކަލް ދަތުރުކުރި ކަމަށެވެ. އަދި މިހައި ގިނަ ދަތުރުތަކެއް ކުރެވުނީ މަގުތައް ބަލަހެއްޓުން ފަދަ ކަންކަމުގައި އިންތިޒާމުތައް ޤާއިމުކޮށްފައިވާ ފުރިހަމަކަމުން ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ އެންމެ ގިނަ ދަތިތައް ކުރިމަތިވީ ސައިކަލް ދުއްވާ މީހުންގެ ސަބަބުން ކަމަށެވެ. ސައިކަލު ދުއްވާ މީހުންގެ މައްސަލަތައް ހައްލުކުރުމަށްވެސް ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކުރާނެ ކަމަށެވެ.
މިއަދު އޮންލައިން