ސައުދިއަަރަބިޔާގައި ކައިވެނި ނުކޮށް ތިބި އަންހެނުންގެ އަދަދަށް ބަލާއިރު 2 މިލިއަނަށްވުރެ ގިނަ އަންހެނުންނާއި ކައިވެނިކުރަންތިބީ އެންމެ 1 ލައްކަ ފިރިހެނުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އުމުރުން 15 އަހަރުވެފައިވާ 2.099،750 އަންހެނުން ކައިވެނިނުކޮށް އެބަތިއްބެވެ. 15 އަހަރާއި 39 އަހަރާއި ދެމެދުން އެއްވެސް ކައިވެންޏެއް ނުކޮށް ތިބި ފިރިހެނުންގެ އަދަދަކީ 107،673 އެވެ.
2914 ވަނަ އަހަރަށް ބަލައިފިނަމަ މިއުމުރުގައި ކައިވެނި ނުކޮށް ތިބި އަންހެނުންގެ އަދަދަކީ 1.4 މިލިއަނެވެ. ފިރިހެނުންގެ އަދަދަކީ 600،000 އެވެ. އެހެންކަމުން އެއީ އެންމެ 800،000 ގެ ތަފާތެކެވެ. ނަމަވެސް 2015 ވަނަ އަހަރު ތަފާތު މިވަނީ 2 މިލިއަނާއި ގާތްވެފައެވެ.
1995 ވަނަ އަހަރުން ފެށިގެން ބަލައިފިނަމަ ކައިވެނިނުކުރާ އަންހެނުންގެ އަދަދު ވަނީ 15 ގުނައަށް އިތުރުވެފައެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ ކައިވެނި ނުކުރާ އަންހެނުންގެ އަދަދު މިހައި ބޮޑުތަން އިތުރުވަމުން އަންނަނީ އިޖުތިމާޢީ އަދި އިޤްޠިޞާދީ މައްސަލަތަކާއި ގުޅިގެން ގިނަ އަދަދެއްގެ އަންހެނުން ކައިވެނިކުރަން ބޭނުން ނުވުމުން ކަމަށެވެ.