މަސްޖިދުއްނަބަވީ ކައިރީގަ ބޮން ގޮއްވީ މައްކާއަށް ދަނީކަމަށް ބުނެ ޢާއިލާއަށް ދޮގުހަދާފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަސްޖިދުއްނަބަވީ ކައިރީގަ ބޮން ގޮއްވީ މައްކާއަށް ދަނީކަމަށް ބުނެ ޢާއިލާއަށް ދޮގުހަދާފަ
މިދިއަ ހޯމަ ދުވަހުގެ މަޣްރިބް ނަމާދު ވަގުތު މަސްޖިދުއްނަބަވީ ކައިރީގައި ޖާނުން ފިދާވެ ބޮން ގޮއްވި ޓެރަރިސްޓް ނައިރު އަލް-ބްލުވީ އެކަން ކުރުމަށް ގެއިން ނުތީ ޝަޢުބާން މަހުގެ 25 ވަނަ ދުވަހު މައްކާއަށް ދަނީކަމަށް ބުނެ ޢާއިލާއަށް ދޮގުހަދާފައި ކަމަށް ޢާއިލާއިން ބުނެފިއެވެ.

އޭނާގެ ބޭބެ ފަހްދު ބުނީ މީގެ 3 އަހަރު ކުރިން ބޯޑަރ ގާޑުންގެ ޚިދުމަތުގައި އޭނާގެ ކޮއްކޮ މަސައްކަތްކުރި ކަމަށާއި ނަމަވެސް ދުވަސްކޮޅެއްފަހުން ވަޒީފާ ދޫކޮށްލުމަށްފަހު ދިރިއުޅުނީ ޢާއިލާ އާއި ވަކިން ތާބޫކްގައި ކަމަށެވެ. އަދި އާއިލާއަށް ޒިޔާރަތްކުރީ ވަރަށް މަދުން ކަމަށެވެ.

ީ މިދިއަ ޝައުބާން މަހު ޢާއިލާ އަށް ޒިޔާރަތްކުރި ގޮތަށް އޭނާ ހުރީ ޢާއިލާ އާއިއެކުގައެވެ. އޭނާގެ ފޯނުން ޓެރަރިސްޓުންގެ ބައެއް ފޮޓޯތައް އޭނާގެ ދައްތައަށް ވަނީ ފެނިފައެވެ.

އޭނާގެ އާއިލާ އިން ވަނީ އޭނާގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ރަމަޟާން މަސް ފަދަ ބަރަކާތްތެރިމަހެއްގެ ޙުރުމަތްވެސް ކަނޑައި ގިނަ ބައަކަށް ދޭން މަސައްކަތްކުރި އަނިޔާވެރި އަމަލު އާއިލާއިން ދުވަހަކުވެސް ބަލައި ނުގަންނާނެ ކަމަށް ވެސް ޢާއިލާއިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން