ޑރ. ޒާކިރު ނައިކް ކަސްތޮޅުއެޅުވުމުގެ މަސައްކަތް އިންޑިއާ އިން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޑރ. ޒާކިރު ނައިކް ކަސްތޮޅުއެޅުވުމުގެ މަސައްކަތް އިންޑިއާ އިން ފަށައިފި
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އިސްލާމް ދީން ފެތުރުއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. ޒާކިރު ނައިކް ކަސްތޮޅު އެޅުވުމުގެ މަސައްކަތް އިންޑިއާ އިން ފަށައިފިއެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މަހަރާސްތުރާގެ ޗީފް މިނިސްޓަރ ޕޮލިސް ކޮމިޝަނަރަށް އަމުރުކޮށްފައިވަނީ ޑރ. ޒާކިރު ނައިކުގެ ތަޤްރީރުތަކުގެ ވީޑިއޯތައް އަޑުއެހުމަށާއި ޑރ. ޒާކިރު ނައިކުގެ ސޯޝަލް މީޑިއާ ބެލުމަށެވެ.

މަހަރަސްތުރާގެ ފުލުހުން ބުނީ މިފަދަ އަމުރެއް ޗީފް މިނިސްޓަރުު ކުރީ ބަންގްލަދޭޝްގެ ރެސްޓޯރަންޓަކަށް ދާދިފަހުން ވަދެ ހަމަލާދިން ޓެރަރިސްޓުންގެ ތެރެއިން އެކަކު ޓެރަރިސްޓަކަށް ވެފައިވަނީ ޑރ. ޒާކިރު ނައިކުގެ ތަޤްރީރުތަކުން ހިތްވަރު ލިބިގެން ކަމަށްވާތީ ކަމަށެވެ.

ޑރ. ޒާކިރު ނައިކަކީ ހަރުކަށި އަމަލުތަކަށާއި ޓެރަރިޒަމަށް އެއްވެސް އިރެއްގައި ހިތްވަރު ދެއްވާ ބޭފުޅެއް ނޫނެވެ. އިސްލާމް ދީން މަތިވެރިކުރެއްވުމަށް އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ އެހެން ދީންތަކަށްވުރެ އިސްލާމް ދީން މަތިވެރިކަމުގެ ހެކިތައް ދައްކަވައިގެންނެވެ.

ބަންގްލަދޭޝްގައި އެހެން ދީންތައް ކުރިއަރުވަން ސަރުކާރުން ހިތްވަރުދޭކަމަށް އެޤައުމުގެ ގިނަ ބައަކު ބުނަމުން ގެންދާއިރު އިންޑިއާގައި މުސްލިމުން ބަލިކަށިކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އިންޑިއާގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން