ބަންގާޅު ފުލުހުން ޒާކިރު ޙުސައިން މަރައިލީވެސް ޑރ. ޒާކިރު ނައިކް ހިތްވަރުދީގެން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަންގާޅު ފުލުހުން ޒާކިރު ޙުސައިން މަރައިލީވެސް ޑރ. ޒާކިރު ނައިކް ހިތްވަރުދީގެން؟
ބަންގްލަދޭޝްގެ ރެސްޓޯރަންޓަކަށް ދާދިފަހުން ޓެރަރިސްޓުންގެ ބައަކު ދިން ހަމަލާތަކާއި ގުޅިގެން ޓެރަރިސްޓެއްގެ ތުހުމަތު އަޅުވައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިއަ އުމުރުން 18 އަހަރުގެ ޒާކިރު ހުސައިން ޝާވޮންއަށް އަނިޔާކޮށް ޖަލުގަ މަރާލައިފިއެވެ.

އޭނާ މަރުވީ ކޮށްފައިވާ އަނިޔާތަކަށް ފަރުވާލކުރުމަށް އައިސީޔޫއަށް އެޑްމިޓްކުރިތާ 5 ދުވަސް ފަހުންނެވެ.

އޭނާގެ އާއިލާއިން ބުނީ އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށާއި ރެސްޓޯރަންޓަށް ގޮސް އިނީ ކެއުމަށް ކަމަށެވެ. އަދި އޭނާ އަކީ ޓެރަރިސްޓުން ރަހީނުކުރި ޒުވާނެއް ކަމަށެވެ.

އުމުރުން 18 އަހަރުގެ ޒާކިރު ހުސައިން ފުލުހުން ހައްޔަރުކުރި ވަގުތުން ފެށިގެން ޢާއިލާއިން ވަނީ އޭނާ އަކީ ޓެރަރިސްޓެއް ނޫންކަމަށާއި އޭނާއަކީ ބޭރު ޤައުމަކުން ހިންގާ ބޭކަރީ އެއްގެ ބަދިގޭގައި ޒިންމާދާރު ކަމާއިއެކު ވަޒީފާ އަދާކުރާ މުވައްޒިފެއް ކަމަށް ބުނެ އޭނާ މިނިވަން ކުރުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.

ޢާއިލާއިން ބުނީ އޭނާގެ ދެލޮލަށް ލޭއަރުވާލާފައިވާ ކަމަށާއި މުޅި ހަށިގަނޑު ވަނީ ޒަޚަމްތަކުން ފުރިފައި ކަމަށެވެ. ޢާއިލާއިން ވަނީ އޭނާއަކީ އާއިލާގެ ހުރިހައި ކަންކަން ބަލަހައްޓަން ހުރި ހަމައެކަނި ދަރިފުޅު ކަމަށްބުނެ މިމައްސަލަ ތަޙްޤީޤްކޮށްދިނުމަށް ގޮވާލައިފައެވެ.

ޓެރަރިސްޓުންނާއި އޭނާ އާއި ހުރި އެއްވެސް ގުޅުމެއް ފުލުހުންނަށް ބުނެދެވިފައެއް ނުވެއެވެ. ގަމައެކަނި ބުނާ ބަހަކީ އޭނާ ގޮސް އިނީ ޓެރަރިސްޓުންނަށް އެހީތެރިވުމަށް ކަމަށެވެ. އެކަމުވެސް އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ.

އެހެންކަމަށްވާއިރު ފުލުހުން އޭނާ މަރައިލީވެސް ޑރ. ޒާކިރު ނައިކުގެ ތަޤްރީރުތަކުން ހިތްވަރު ލިބިގެން ކަމާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
މިއަދު އޮންލައިން