މިޞުރުގެ ޚާރިޖީ ވަޒީރު އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 57ސ
މިޞުރުގެ ޚާރިޖީ ވަޒީރު އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ
މިޞުރުގެ ޚާރިޖީ ވަޒީރު، ސަމީހް ޝުކުރީ މިއަދު ދެ ފަހަރެއްގެ މަތިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަޔާހޫ އާއި ބައްދަލުކުރައްވާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަދު ހަވީރާއި މިރޭ ބާއްވަވާ މި ބައްދަލުކުރެއްވުންތަކުގެ ބޭނުންފުޅަކީ ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ހޯއްދެވުން ކަމަށް މިޞުރުގެ ބައެއް ނޫސްތަކުން ބުނެއެވެ.
މިޞުރުގެ ޚާރިޖީ ވަޒީރު ވަނީ ޖޫން މަހުގެ 29 ވަނަ ދުވަހު ފަލަސްޠީނުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބުނެފައިވަނީ މިއީ މުހިންމު ބައްދަލުވުންތަކެއް ކަމަށެވެ. 2007 ވަނަ އަހަރުގެ ފަހުން މިޞުރުން މިފަދަ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.

މިޞުރުގެ ރައީސް އަލްސިސީ ވެސް ވަނީ މިއީ މުހިންމު ބައްދަލުވުންތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މިޞުރުގެ ވާހަކަތައް މިމޭރުމުން ހުރިނަމަވެސް ޚާރިޖީވަޒީރުގެ މިދަތުރުފުޅަކީ ނަތަޔާންހޫ މިޞްރަށް ކުރައްވަން އުޅުއްވާ ދަތުރުފުޅަކަށް މަގުފަހިކޮށް ދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
މިއަދު އޮންލައިން