2011 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އީރާނުން 4000 އަށްވުރެ ގިނަ ސުންނީން މަރާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އީރާނާއިބެހޭ ގޮތުން ސްވިޑްންގެ ޖަމިއްޔާއަކުން ހާމަކޮށްފައިވާ ރިޕޯޓެއްގައެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ އިރާނަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ 80 ޤައުމުގެ ތެރެއިން ނަސްލީ ތަފާތުކުރުންތައް އެންމެ ބޮޑަށް ގެންގުޅޭ 2 ވަނަ ޤައުމު ކަމަށެވެ.
އެރިޕޯޓުގައި ބުނެފައިވަނީ އީރާނުގައި އުޅޭ އަރަބި ޤައުމުތަކުގެ ރައްޔިތުންނާއި ސުންނީންނާއިމެދު އެ ޤައުމުން ވަރަށް ބޮޑެތި ތަފާތުކުރުންތައް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އީރާނުގެ ބައެއް ސިޓީތަކުގައާއި ވެރިރަށް ޓެހްރާނުގައި ސުންނީންނަށް މިސްކިތް އެޅުން މަނާކޮށްފައިވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެރިޕޯޓުގައި ބުނެފައިވަނީ މަތީ ތައުލީމު ހާޞިލުކުރުމަށްވެސް ސުންނީންނަށް ފުރުޞަތު ނުދޭ ކަމަށެވެ. އަދި ސިޔާސީ އިސް މަޤާމުތަކާއި ޖޫޑިޝަރީގެ މަޤާމުތައްވެސް ސުންނީންނަށް ނުދޭ ކަމަށެވެ.
މީގެ އިތުރުން އީރާނުގައި ހުރި އަރަބިނަންތައް ދެވިފައިވާ ތަންތަނުގެ ނަންތައް ފާރިސީ ނަންތަކަށް ބަދަލުކޮށްފައިވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.