އެމެރިކާއަށް މަޑުން ނޯވެވޭނެ ކަމުގެ އިންޒާރު އޮސާމާ ބިން ލާދިންގެ ދަރިއަކު ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އެމެރިކާއަށް މަޑުން ނޯވެވޭނެ ކަމުގެ އިންޒާރު އޮސާމާ ބިން ލާދިންގެ ދަރިއަކު ދީފި
އިސްލާމީ ޤައުމުތަކަށް ހަމަލާދީ މުސްލިމުން މަރަމުން އެމެރިކާއަށް ހަމަޖެހިގެން މަޑުން ނޯވެވޭނެ ކަމުގެ އިންޒާރު އޮސާމާ ބިން ލާދިންގެ ދަރިއެއް ކަމަށްވާ ހަމްޒާ ބިން ލާދިން ދީފިއެވެ.

ހަމްޒާގެ ނަމުގައި ޢާންމުކޮށްފައިވާ 21 މިނިޓުގެ ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ މަރައިލުމުން ހުރިހައި ކަމެއް ހައްލުވީ ނޫން ކަމަށާއި އޭނާގެ ބައްޕަ ފަދައިން އެމެރިކާގެ ބަދަލުހިފަން ބޭނުންވާ އެތައް ހާސް މުސްލިމުން ދުނިޔޭގައި އެބަތިބި ކަމަށެވެ.

ހަމްޒާ ބުނެފައިވަނީ އެމެރިކާއަށް ހަމަލާ ދިނުމުގައި "އަހަރެމެން އެންމެންނަކީވެސް ހަމަ އޮސާމާ" ތަކެއް ކަމަށެވެ. "ކަލޭމެންގެ ޤައުމުގައިވެސް ޤައުމުން ބޭރުގައިވެސް އަހަރެމެން ކަލޭމެންނަށް ހަމަލާތައް ދޭނަން. މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާގެ ބަދަލު ހިފާނަން."

އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ ކުރާނެ ދުނިޔޭގެ ބޮޑު ފައުޖެއް އެބަ އޮތް ކަމަށާއި އެފައިޖުގެ ކިބައިން އެމެރިކާއަށް ސަލާމަތް ނުވެވޭނެ ކަމަށް ވެސް ހަމްޒާ ވަނީ ބުނެފައެވެ.
މިއަދު އޮންލައިން