މުސްލިމުން މީޑިއާގެ ދިފާއުގައި ނުކުތުމަށް ޑރ. ޒާކިރު ނައިކް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މުސްލިމުން މީޑިއާގެ ދިފާއުގައި ނުކުތުމަށް ޑރ. ޒާކިރު ނައިކް ގޮވާލައްވައިފި
މުސްލިމުން މީޑިއާގެ ދިފާޢުގައި ނުކުތުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ގޮވާލައްވައިފިއެވެ.

ޑރ. ޒާކިރު ނައިކް ވިދާޅުވީ އޭނާގެ ވާހަކަފުޅުތައް ތަޙްޤީޤް ކުރުމަށް ކަމަށް ބުނެ ހިންގާ ގަރަކާތަކީ މުސްލިމް މީޑިއާތަކަށް ފޮނުވަމުން ގެންދާ ވަޒަންތަކެއް ކަމަށެވެ. "މިހާރު އެގެންދަނީ ބަޑި ޖަހަމުން."

ޑރ. ޒާކިރު ނައިކް މިމޭރުމުން ވިދާޅުވެފައިވާއިރު އިސްލާމް ދީނާއި ދެކޮޅަށް އަދާވާތްތެރި މީޑިއާތަކުން ހިންގާ "އަދާވާތްތެރި" ހަމަލާތައް ދިފާއުކޮށް ރައްދު ދެވޭފަދަ މުސްލިމް މީޑިއާ ނެތްކައް ދީނީ އިލްމްވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

ޑރ. ޒާކިރު ނައިކުގެ ޕީސް ޓީވީއަކީ އަދާވާތްތެރި މީޑިއާތަކަށް ރައްދު ދިނުމުގައާއި އިސްލާމް ދީން ފެތުރުމަށް މަސައްކަތް ކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ޓީވީ ޗެނެލެކެވެ. އެކަމަށް ހުރަސް އަޅައި ހުއްޓުވާނެ ގޮތްތަކަށް އަދާވާތްތެރިން އަބަދުވެސް ގެންދަނީ ވިސްނަމުންނެވެ.

ޑރ. ޒާކިރް ނައިކާއި ޕީސް ޓީވީ އަކީ އިންޑިއާގެ ސަލާމަތަށް އޮތް ބިރެއް ކަމަށް ޔުނިޒަން ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަބަބު ބަޔާންކޮށްދީފައެއް ނުވެއެވެ.

އިންޑިއާގެ ހިންދޫންގެ ހަރުކަށި ބައެއް ސިޔާސީ ލީޑަރުން ގެންދަނީ ޕީސް ޓީވީ އާއި ޒާކިރު ހުއްޓުވައި މަނާކުރުމަށް ގޮވައިލަމުންނެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމް ބައެއް ޖަމާއަތްތަކުން ވަނީ ޕީސް ޓީވީ އާއި ޑރ. ޒާކިރް ނައިކުގެ ދިފާއުގައި އަޑު އުފުލަން ފަށައިފައެވެ.
މިއަދު އޮންލައިން