2003 ވަނަ އަހަރު އިރާޤަށް އިނގިރޭސިވިލާތުން އަރައިގަތީ ޤާނޫނާއި ޚިލާފަށް ކަމަށް އެއިރުގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ ގެ ނައިން ޖޯން ޕްރެސްކޮޓް އެއްބަސްވެވަޑައިގެންފިއެވެ.
ޕްރެސްކޮޓް ވިދާޅުވީ އިރާޤަށް އަރައިގަތުމުގެ ކުރިން އެއީ ޤާނޫނީ ގޮތުން ކުރެވިދާނެކަމެއްކަން ޓޯނީ ބްލެޔަރ ނުބައްލަވާ ކަމަށެވެ.
ޕްރެސްކޮޓް ވިދާޅުވީ އިނގިރޭސި ވިލާތުން 45،000 ސިފައިންގެ ފައުޖެއް ފޮނުވައި އިރާޤަށް އަރައިގަތީ އެއިގެ 9 މަސް ދުވަސް ކުރިން އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝް ކައިރީގައި "ކޮންމެ ގޮތެއްވި ނަމަވެސް އަހަރެން ކަލެއާއިއެކު ހުންނާނެ" ކަމަށް ޓޯނީ ބްލެޔަރ ބުނިބުނުމުގެ މައްޗަށް އެކަނި ކަމަށެވެ.
އިރާޤަށް އިނގިރޭސިވިލާތުން އަރައިގަތް މައްސަލައިގައި އިނގިރޭސި ޕާލަމެންޓުން ގޮތެއް ނިންމަންޖެހޭ ހިސާބަށް މިހާރު ވަނީ ކަންކަން ގޮސްފައެވެ. ޕާލަމެންޓުގައި އެކަމަށް ވޯޓެއް ނަގަން ދަނީ ތައްޔާރުވަމުންނެވެ.