އައިއެސްގެ ހަނގުރާމަވެރިންގެ ގޮތުގަ ގިނަ އަދަދެއްގެ ޖިނާޢީ ކުށްވެރިން އެބަތިބި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އައިއެސްގެ ހަނގުރާމަވެރިންގެ ގޮތުގަ ގިނަ އަދަދެއްގެ ޖިނާޢީ ކުށްވެރިން އެބަތިބި
އައިއެސްގެ ހަނގުރާމަވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ޖިނާޢީ ކުށްވެރިން އެބަތިބި ކަމަށް އޮންލައިންކޮށް ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެދިރާގައި ބުނެފައިވަނީ އައިއެސްއަށް ރެކްރޫޓް ކުރުމުގައި އެންމެ ބޮޑަށް އަމާޒުކުރަނީ ކުށްވެރިންނަށާއި ވިސްނުމުގައި މައްސަލަ ހުންނަ މީހުންނަށް ކަމަށެވެ. އައިއެސްއަށް މީހުން ވެއްދުމުގައި ޖިނާޢީ ކުށުގެ ރެކޯޑް އޮންނަ މީހުންނަށާއި ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންނަށް އިސްކަންދެނީ އެމީހުންނަށް ކާން ދިނުން ފިޔަވައި އިތުރު ޚަރަދެއް ކުރަން ނުޖެހޭތީ ކަމަށެވެ.

"އެމީހުންނަށް ފައިސާ ދޭކަށް ނުޖެހޭ. އިތުރު ހިމާޔަތެއްވެސް ދޭކަށް ނުޖެހޭ. އެމީހުން ޤަބޫލުކުރަނީ އައިއެސް އާއި ގުޅުމުން އެމީހުންނަށް ވަނީ ހިމާޔަތް ލިބިފައި ކަމަށް. މައްސަލަތަކުގައި ކޯޓޫތަކާއި ކުރިމަތި ނުލުމަށް އެމީހުން އައިއެސް އާއި ގުޅެނީ."

އެދިރާސާގައި ބުނެފައިވަނީ އެފަދަ މީހުން "އަތުލައިގަތުމަށްފަހު" ފުރަތަމަ ކުރާ ކަމަކީ އެމީހުންގެ ބަލިފައި ދެނެގަތުން ކަމަށެވެ. އަދި ތަންތަން ގޮއްވުމަށާއި ހަމަލާދިނުމަށް އެމީޙުންގެ ބޭނުން ހިފަމުން ގެންދާ ކަމަށެވެ.

ޠާއިފްގައި ޔޫސުފް އަލްޣަމްދީ އަށް ހަމަލާދީ މަރައިލި މީހާއަކީ ޖިނާޢީ އެތައް ކުށެއް ކޮށްފައިވާ މީހެކެވެ. މަސްޖިދުއްނަބަވީއަށް ހަމަލާދޭން ޖާނުންފިދާވި ބްލޫވި އަކީ ޑްރަގް ޑީލަރެކެވެ. ޤާތިފްގެ މިސްކިތަށް ހަމަލާދިން މީހާއަކީވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކުށްވެރިއެކެވެ.

ސައުދީން އަތުލައިގަނެފައިވާ އައިއެސްގެ ގިނަ މީހުންނަކީ އެކި ބާވަތުގެ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށްވާތީ ސައުދިއަރަބިޔާއިން ވަނީ އެ ދިރާސާ ބަލައިގެންފައެވެ.
މިއަދު އޮންލައިން