ފާއިތުވި 9 މަސް ދުވަސްތެރޭގައި އައިއެސް އިން ސައުދިއަރަބިޔާގެ 9 މިސްކިތަކަށް ހަމަލާދީފައިވާކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ ފުރަތަމަ ހަމަލާ ދިނީ އަލް އަހްސާގެ މިސްކިތަކަށް ކަމަށެވެ. އެއަށްފަހު ދައްމާމް، ޤާޠިފް، ސިޙަތު، އަދި ނަޖްރަންގެ މިސްކިތްތަކަށް ހަމަލާދީފައިވާ ކަމަށެވެ.
އެމިނިސްޓްރީން ބުނީ މިސްކިތްތަކަށް އެންމެ ގިނައިން ހަމަލާދީފައިވަނީ ޖާނުންފިދާވެގެން ކަމަށެވެ. އަދި މަސްޖިދުއްނަބަވީއަށް ޖާނުން ފިދާވެގެން ހަމަލާދޭން މަސައްކަތްކުރީ ސެކިޔުރިޓީ ބަލަހައްޓާ ފަރާތްތައް ހުޝިޔާރުކަމުން އެ ނޫން ގޮތަކަށް ޓެރަރިޒަމްގެ އަމަލުތައް ކުރިއަށް ނުގެންެވިގެން ކަމަށެވެ.
އައިއެސް އިން އެންމެ ގިނައިން ހަމަލާދެމުން އަންނަނީ ޝިޢީންގެ މިސްކިތްތަކަށެވެ. ނަމަވެސް މަސްޖިދުއްނަބަވީއަށް ހަމަލާދޭން މަސައްކަތް ކުރުމުން އައިއެސްގެ އަސްލާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.