ގްރީކުގެ ލެރޮސް އައިލަންޑުން ރިފުޖީންނަށް އެހީވާން ތިބި ބައިނަލްއަޤްވާމީ ވޮލަންޓިއަރުން ފައްސާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ގްރީކުގެ ލެރޮސް އައިލަންޑުން ރިފުޖީންނަށް އެހީވާން ތިބި ބައިނަލްއަޤްވާމީ ވޮލަންޓިއަރުން ފައްސާލައިފި
ގިނަ އަދަދެއްގެ ރިފިޔުޖީން ތިބި ގްރީކުގެ ލެރޮސް އައިލަންޑުން ރިފުޖީންނަށް އެހީވާން ތިބި ބައިނަލްއަޤްވާމީ ވޮލަންޓިއަރުން ފައްސާލައިފިއެވެ.

ވޮލަންޓިއަރުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ އދގެ އިސް އޮފިޝަލެއް ކަމަށްވާ ކެޓްރީނާ ބުނީ އެރަށުގެ މީހުން ރިފިޔުޖީންނަށާއި ވޮލަންޓިއަރުންނަށް ހަމަލާދީ އަނިޔާކުރަންފެށީ ކަމަށެވެ. އަދި އެރަށް ދޫކޮށް ދިއުމަށް ވޮލަންޓިއަރުންނަށް ،މަޖުބޫރުކުރީ ކަމަށެވެ.

އޭނާ ބުނީ މައްސަލަތައް ފެށުނީ ބުރާސްފަތި ދުވަހު ކަމަށާއި ހަމަލާދޭން ފެށީ ހޮނިހިރު ދުވަހު ކަމަށެވެ. އަދިި ހުރިހައި ވޮލަންޓިއަރުންވެސް އާދީއްތަ ދުވަހު އެރަށުން ފުރާފައިވާ ކަމަށެވެ.

ހަމަލާތަކާއި ގުޅިގެން ކޭމްޕުގައި ތިބި ގިނަ އަދަދެއްގެ ރިފިޔުޖީން ރަށުގެ އެމީހުންގެ ތުއްތު ދަރިން ގޮވައިގެން ފައި މަގުގައި ރަށުގެ ޕޯޓާ ދިމާއަށް ވަނީ މިސްރާބްް ޖަހައިފައެވެ.
މިއަދު އޮންލައިން