ކެރަލާގެ 15 ޒުވާނަކު އައިއެސް އާއި ގުޅިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކެރަލާގެ 15 ޒުވާނަކު އައިއެސް އާއި ގުޅިއްޖެ
އިންޑިޑިއާގެ ކެރަލާ ސްޓޭޓްގެ 15 ޒުވާނަކު އައިއެސް އާއި ގުޅިއްޖެއެވެ. ބައެއް ޒުވާނުން ވަނީ ވަޓްސްއަޕް މެދުވެރިކޮށް އެމީހުން މިހާރު ތިބީ "މާތް ބިމުގައި. އައިއެސްއާއިއެކު" ގައިކަން ޢާއިލާތަކަށް އަންގައިފައެވެ.

މީގެތެރޭގައި ކައިވެނިކޮށްގެން ތިބި 5 ދެމަފިރިންވެސް ހިމެނެއެވެ. އެއް ދެމަފިރިން ގޮސްފައިވަނީ އެމީހުންގެ 2 އަހަރުވީ ކުޑަ ދަރިފުޅާއިއެކުގައެވެ.

މިމީހުންނަކީ އެކަކު އަނެކަކަށް ދަންނަ އަދި ބައެއް މީހުންނަކީ މެދުއިރުމަތީގައި މަސައްކަތްކޮށްފައިވާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޒުވާނުންނަކީ ސީޔާސީ އަދި ދީނީ އެއްވެސް ޖަމާއަތަކާއި ގުޅިގެން އުޅުނު ބައެއް ނޫނެވެ. ނަމަވެސް ފާއިތުވި 2 އަހަރެއްގައި ދުވަހު އެމީހުން ވަނީ "ތުނބުޅި ދިގު" މީހުންނާއި ގުޅުން ބަހައްޓައިފައެވެ.

ކެރަލާ ސްޓޭޓް ގެ ޕޮލިސް ޗީފް ވަނީ މިޚަބަރަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއްވެސް ޢާއިލާއަކުން އަދި މިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނަމުން ގެންދަނީ ރާއްޖެއާއި އައިއެސް އާއި ގުޅުން އޮންނާތީ ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިން އައިއެސް އާއި ގުޅެމުންދާތީ ވެސް ކަންބޮޑުވާ ކަމަށެވެ.
މިއަދު އޮންލައިން