ސައުދިއަރަބިޔާގެ ޖިއްދާގެ މިސްކިތެއް ކަމަށްވާ ޢުމަރު ބަސްބަރިން މިސްކިތުގައި ލަވަކިޔައި ނެށުމުގެ ޙަފްލާއެއް ކުރިއަށް ގެންގޮސްފިއެވެ.
މިހަފްލާގެ މައުލޫމާތު ހާމަވުމުން މިސްކިތުގެ އިމާމް އާއި މުދިމާއި އެކަމުގައި ބައިވެރިވި މީހުން އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށް މައްސަލަ ގެންދަނީ ބަލަމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތެއްގައި ހިންގައިގެން ނުވާނެ ކަންތައްތަކެއް މިސްކިތުގައި ހިންގާފައިވާތީ އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
ސައުދީ ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން ބުނެފައިވަނީ މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމަށާއި މިސްކިތްތަކުގެ ޙުރުމަތް ކެނޑޭފަދަ ކަންކަން މިސްކިތްތަކުގައި ކުރާ ފަރާތްތަކަށް އަދަބުދޭންޖެހޭނެ ކަމަށެވެ. އެކަންކަމަށް އެބައަކު ޒިންމާކުރުވަންޖެހޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ މުދިމާއި އިމާމް މިކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. މިކަމުގައި ބައިވެރިވި މީހުންވެސް ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އަދި މިސްކިތްތަކަކީ ބިންމަތީގައި ހުރި މާތް ﷲ ގެ ގެކޮޅުތައް ކަމަށާއި މާތް ﷲ ގެ ގެކޮޅުތަކުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް މިސްކިތްތަކުގައި ކޮށްގެން ނުވާނެ ކަމަށެވެ.