މިއަދު ކުރިއަށް ގެންދިއަ ސްކައިޓްރެކްސް ވޯލްޑް އެއަރލައިން އެވޯޑްސް 2016 ގައި "ވޯލްޑްސް ބެސްޓް އެއަރ ލައިން 2016" އެވޯޑް ޔޫއޭއީގެ އެމިރޭޓް އެއާލައިނުން ކާމިޔާބުކޮށްފިއެވެ. މިއީ އެމިރޭޓްސް އިން ފާއިތުވި 15 އަހަރު ދުވަހުގެތެރޭގައި މިއެވޯޑް ހާޞިލުކުރި 4 ވަނަ ފަހަރެވެ.
މީގެ އިތުރުން "ވޯލްޑްސް ބެސްޓް އިންފްލައިޓް އެންޓަރޓޭންމަންޓް" އެވޯޑު މިއަދު ވަނީ ވިދިވިދިގެން 12 ވަނަ ފަހަރަށް އެމިރޭޓްސް އިން ހޯދާފައެވެ. އަދި "ބެސްޓް އެއާލައިން އޮފް މިޑްލް އީސްޓް" ވެސް ހޯދީ އެމެރޭޓްސް އިންނެވެ.
ސްކައިޓްރެކްސް މިއެވޯޑު ދީފައިވަނީ 280 އެއާލައިނެއްގެ ކަންކަން ބެލުމަށް 19.2 މިލިއަން ފަސިންޖަރުންގެ ކިބައިން މައުލޫމާތު ހޯދައިގެންނެވެ.
އެމިރޭޓްސް އަކީ ފްލައިޓުންދޭ ޚިދުމަތްތައް ދިނުމުގައި އަބަދުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓައިގެން ހިންގާ އެއާލައިނެއްކަން ފަސިންޖަރުން އަބަދުވެސް ފާހަގަކުރެއެވެ.