ސައުދީގަ "އޯވަރސްޓޭ" ކޮށްފި ނަމަ 50،000 ރިޔާލައިން ޖުރުމަނާކޮށް 6 މަސް ދުވަހަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ސައުދީގަ "އޯވަރސްޓޭ" ކޮށްފި ނަމަ 50،000 ރިޔާލައިން ޖުރުމަނާކޮށް 6 މަސް ދުވަހަށް ޖަލަށް
ސައުދިޢަރަބިޔާގައި "އޯވަރސްޓޭ" ކޮށްފި ނަމަ 50،000 ރިޔާލައިން ޖުރުމަނާކޮށް 6 މަސް ދުވަހަށް ޖަލަށްލާ ގޮތަށް ޤަވާއިދު ބަދަލުކޮށްފިއެވެ.

ޙައްޖަށާއި އުމުރާއަށްދާ މީހުންވެސް މީގެތެރޭގައި ހިމެނެއެވެ. ހޯމް މިނިސްޓްރީން ބުނީ މިފަދަ ގޮތަކަށް އަމަލުކުރަންޖެހެނީ ސަލާމަތީ ކަންކަން މިހާރު ހުރި ގޮތުން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ހައްޖަށާއި އުމުރާއަށް މީހުން ގެންދާ ޖަމާއަތްތަކުންނާއި މީހުން ބައިތިއްބާ ޖަމާއަތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ވިސާގެ މުއްދަތުގައި ފުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ. އަދި މީހުން ބައިތިއްބާ ހޮޓާތަކުންނާއި ގެތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

މިޤަވާއިދު ބުނާގޮތުން މަސައްކަތު ސައުދިއަރަބިޔާއަށް ގެންދާ މީހަކު ވިސާ ނެތި ހުރެއްޖެ ނަމަ އެމީހަކު ގެންދިއަ ކުންފުނި 100،000 ރިޔާލައިން ޖުރުމަނާކުރުމާއިއެކު 4 އަހަރު ދުވަހަށް ކުންފުނި ހިންގުން މަނާކުރެވޭނެ އެވެ.
މިއަދު އޮންލައިން