މިޞުރުގެ އަސްކަރިއްޔާއިން އަތުލައިގަނެ ގެއްލުވާލައިފާ ގިނަ އަދަދެއްގެ މީހުންގެތެރޭގަ 14 އަަހަރުގެ ކުދިންވެސް ހިމެނޭ ކަމަަށް އިނގިރޭސިވިލާތުގެ ޖަމިއްޔާއަކުން ބުނެފިއެވެ.
އެޖަމިއްޔާއިން ނެރުނު ރިޕޯތުގައި ބުނެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ސަރުކާރާ ޚިޔާލުތަފާތު ވަރަށް ގިނަ އަދަދެއްގެ މީހުން މިޞުރުގެ އަސްކަރިއްޔާއިން އަތުލައިގަނެ އަދި ގެއްލުވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަކުދިންވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ.
އެޖަމިއްޔާއިން ބުނީ އަސްކަރިއްޔާއިން އަތުލައިގަނެ އެންމެ ގިނައިން ނައްތާލާފައިވަނީ ސިޔާސީ ހަރަކާތްތެރިންނާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ކަމަށެވެ. އަދި މީގެ ތެރޭގައި އެންމެ ގިނައީ ޒުވާނުން ކަމަށެވެ.
މިޞުރުގެ ސަރުކާރާއިމެދު އެއްވެސް ވާހަކައެއް ދެއްކުމަކީ ފުރާނައަށް އޮތް ބޮޑު ބިރަކަށް ވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެއެވެ.