ޔަހޫދީން ގެންގުޅޭ ފޮތް (އެމީހުން ހަދާފައިވާ ތައުރާތު) ގައި ޒިނޭ ކުރުމަކީ މަނާ ކަމެއް ކަމަށާއި ސިފައިންނަށް ހަނގުރާމައިގެ ވަގުތުތަކުގައި "ރޭޕްކުރެވޭނެ" ކަމަށް އިޒްރޭލުގެ އާރމީ ޗީފް ބުނެފިއެވެ.
އާރމީ ޗީފްކަމަށް ހަމަޖައްސާފައިވާ ޔަހޫދީދީނުގެ ރަބީ އަކީ ޢާންމު ރައްޔިތެއްގެ ގޮތުގައި ހުރެވެސް ހަނގުރާމައިގެ ވަގުތުތަކުގައި ސިފައިންނަށް ޔަހޫދީ އަންހެނުން ފިޔަވައި އެނޫން އަންހެނުންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގޭނެ ކަމަށް ބުނެފައިވާ މީހެކެވެ.
އެވާހަކަތަކާއި ގުޅިގެން ޔަހޫދީންގެ ފޮތުގައިވެސް ޒިނޭ ކުރުމަކީ ހަރާމް ކަމަކަށްވާއިރު އެކަން ސިފައިންނަށް ހުއްދަވަނީ ކީއްވެގެންތޯ މީހުން ސުވާލުކުރުމުން ބުނެފައިވަނީ "ހަނގުރާމައިގެ ވަގުތުތަކުގައި ސިފައިންނަށް ލުއިދިނުމަށް" އެފޮތުގައި އޮންނާތީ ހުއްދަވަނީ ކަމަށެވެ.
މީނާއަކީ މިހައި ދެކޮޅު ނުޖެއްސޭ ވާހަކަތައް ދައްކާ މީހަކަށް ވާތީ އެފަދަ މީހަކަށް ސިފައިންގެ ވެރިކަން ދީފިނަމަ ކުރިމަތިވާނެ މައްސަލަތައް އިދިކޮޅު ފަރާތްތަކުން ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ. އަދި އެފަދަ މީހަކަށް އެފަދަ މަޤާމެއް ދީފިނަމަ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ޔަހޫދީންނަކީ އަބަދުވެސް އެފަހަރަކު އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރެވޭ ގޮތަށް އެމީހުން ގެންގުޅޭ ފޮތް ބަދަލުކުރަމުން އަންނަ ބައެކެވެ. ޔަހޫދީންގެ ކުރިމަތީގައި ޔަހޫދީން ނޫން އިންސާނުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ.