ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބް ކުޅުން ފުރަތަމަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބް ކުޅުން ފުރަތަމަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި
މިހާރު ކުރިޔަށްދާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބް ކުޅުން ފުރަތަމަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށް ފިއެވެ.

އިއްޔެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ އައިލެންޑް އޯޝަން ކުލަބާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މި މެޗްގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 25-10، 25-5، 25-7 ންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބް ކުޅޭ 02 ވަނަ މެޗްގައި ވާދަކުރާނީ ކުލަބް ތްރީ ސްޓާރސްއާއި އެވެ.މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 16 ވަނަ ދުވަހު ހަވީރު 16:30 ގައެވެ.

ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަންގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެއެވެ.
މިއަދު އޮންލައިން