އަންނަ ހަފްތާގައި ދުބާއީގެ ހޫނުމިން 64 ޑިގްރީއަށް އަރާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އަންނަ ހަފްތާގައި ދުބާއީގެ ހޫނުމިން 64 ޑިގްރީއަށް އަރާނެ
އަންނަ ހަފްތާގައި ދުބާއީގެ ހޫނުމިން 64 ޑިގްރީއަށް އަރާނެ ކަމަށް އެ ޤައުމުގެ މީޓިއޮރޮލޮޖީން ބުނެފިއެވެ.

އެސެންޓަރުން ބުނީ ހޮނިހިރު ދުވަހު ހޫނުމިން 50 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހަފްތާތެރޭގައި ހޫނުމިން ހުނންނާނީ 64 ޑިގްރީގައި ކަމަށެވެ.

މިކަމަށް ދުބާއީގެ ރައްޔިތުންނާއި ދުބާއީއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް އެސެންޓަރުން ވަނީ ބުނެފައެވެ.

އިންޑިއާގައި ހޫނުމިން 50 ޑިގްރީއަށް އެރުމުން މަގުތަކުގައި ހުރި ތާރު ވަނީ ވިރިފައެވެ. އަދި ގިނަ ބައަކު ވަނީ މަރުވެފައެވެ.

ދުބާއީ އަކީ ހުރިހައިތަނެއް އެއާކޮންޑިޝަންކޮށްފައި ހުންނަ ޤައުމަކަށްވާތީ ކުރިމަތިވާނެ މައްސަލަތައް މަދުވާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން