ފަރަންސޭސި ރައީސް ހޮލާންޑެގެ ބޯކޮށާ މީހާއަށް މަހަކު 9895 ޔޫރޫ، ގާތްގަނޑަކަށް މަހަކު 10،000 އެމެރިކާ ޑޮލަރު ދެމުން އަންނަކަން ހާމަވެއްޖެއެވެ.
ފަރަންސޭސި ވިލާތަކީ މިހާރުވެސް އިޤްޠިޞާދީ ގިނަ މައްސަލަތައް ކުރިމަތިވެ އިތުރު ޓެކްސް ނަގަން މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. އެހެންކަމުން ގިނަ ބައަކު ގެންދަނީ އިތުރު ޓެކްސް ނަގަނީ ބޫޓުފޮހޭ މީހާއަށް ދޭންތޯ ސުވާލުކުރަމުންނެވެ.
ޤައުމުތަކުގެ ވެރިން ރައްޔިތުންގެ ފައިސާ އިން މިފަދަ ބޮޑެތި ހޭދަތައް ކުރަމުންގެންދާއިރު ޤައުމުގެ ފަޤީރުންނަށް އުޅެންޖެހިފައިވާ ނިކަމެތިހާލާއިމެދު ވިސްނައިނުލާތީ ގިނަ ބައަކު ކަންބޮޑުވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން 2012 ވަނަ އަހަރު ފްރާންސްގެ ރައީސްކަން ލިބުނީންސުރެ ހޮލާންޑެ އަންނަނީ މި ޚަރަދު ކުރަމުންނެވެ.