އިންޑިއާގެ ފަޤީރު އަވަށެއްގެ ގެއަކަށް ވަންނަން އުޅުނު ބިޔަ 4 ކޯބްރާ ހަރުފަ އާއި ހަނގުރާމަކޮށް އެ 4 ހަރުފަ މައރައިލުމަށްފަހު ކުއްތާ މަރުވެއްޖެއެވެ.
މަންޒަރު ބަލަންތިބި މީހުން ބުނީ އެ ހަރުފަތައް ގެއަށް ވަންނަން އުޅޭ މަންޒަރު ފެނުމުން ކުއްތާ ދުވެފައި އައިސް އެ ތަކެއްޗަށް ހަމަލާދިން ކަމަށެވެ. އަދި 4 ހަރުފަ މަރުވީ ވަރަށް ގިނަ އިރު ތަޅައިފޮޅުމަށްފަހު ކަމަށެވެ.
އެމީހުން ބުނީ 4 ހަރުފަ މަރުވިތާ ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ކުއްތާ މަރުވެގެން ވެށްޓުނީ ކަމަށާއި މަރުވީ ހަރުފަތަކުގެ ގަދަ ވިހައިގެ ސަބަބުން ކަމަށެވެ.
އެގޭގެ މީހުންނާއި އަވަށްޓެރިން ވަނީ ކުއްތާގެ ވަފާތެރިކަމަށް ތައުރީފްކޮށްފައެވެ. އިންސާނުން އިންސާނުން މަރަމުން ގެންދާއިރު އިންސާނުންގެ ޙިމާޔަތުގައި ކުއްތާ ކުރި މަސައްކަތް ފާހަގަކޮށްފައެވެ.