ފަރަންސޭސި ވިލާޔުގެ ސިޓީއެއް ކަމަށްވާ ނައިސްގައި އެމީހުންގެ އީދެއް ފާހަގަކުރަން ތިބި ބައެއްގެ ތެރެއަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ލޮރީއެއް ވަނުމުގެ ސަބަބުން 60 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ލޮރީ ކޮންޓްރޯލްކުރެވޭނެ ގޮތެއް ނުވުމުން އެތަނުގައި ހުރި މީހަކު ވަނީ ޑްރައިވަރުގެ ބޮލަށް ބަޑިޖަހައިމަރާލައިފައެވެ. އެހެންކަމުން މިއީ ކޮން ސަބަބެއް މެދުވެރިވެގެން ހިނގަން މެދުވެރިވި ކަމެއްކަން އެނގޭނެ ގޮތެއް ވަނީ ނުވެފައެވެ.
ފުލުހުން ގެންދަނީ ތަޙްޤިޤް ކުރަމުންނެވެ.