އޭނާ މަރުވީ ކިޑްނީ އެއް ނުލިބިގެން ނަމަވެސް އޭނާގެ ދެ ލޯ ހަދިޔާކުރި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އޭނާ މަރުވީ ކިޑްނީ އެއް ނުލިބިގެން ނަމަވެސް އޭނާގެ ދެ ލޯ ހަދިޔާކުރި
އުމުރުން 16 އަންހެންކުއްޖެއް ކަމަށްވާ އިންޑިއާގެ ކޮލާކަތެ އަށް ނިޞްބަތްވާ ސުޓާޕާ މަރުވީ އޭނާގެ ކިޑްނީ ފެއިލްވެ ލައްވާނެ ކިޑްނީއެއް ނުލިބި ދޮޅު އަހަރު ދުވަހު ސަލާންޖެހުމަށްފަހުއެވެ.

ސުޓާޕާ މަރުވުމުން އޭނާގެ އާއިލާއިން ވިސްނައިލީ ސުޓާޕާ ފަދަ އެހެން އިންސާނަކަށް އެހީތެރިވުމަށެވެ. އެހެންކަމުން ޑޮޮކްޓަރުންނަށް އާދޭސްކޮށްގެން ސުޓާޕާގެ ދެ ލޯ ވަނީ އެއަށް ބޭނުންވެގައިވާ ފަރާތަކަށް ހަދިޔާކޮށްފައެވެ.

ޢައިލާ އިން ބުނީ އެ ދެލޯ ބޭނުންކުރީ ކިތަންމެ ބޮޑު މުއްސަންޖެއް ނަމަވެސް އެއިގެ އަގަށް އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށެވެ. އެއީ އެމީހުންގެ ދަރިފުޅުގެ ފަރާތުން އިންސާނިއްޔަތަށް ކުރި ހަދިޔާއެއް ކަމަށެވެ.

ސުޓާޕާގެ ޢާއިލާއިން ދުނިޔެއަށް ދައްކައިދިނީ ހަމައެކަނި އެއްޗަކީ ފައިސާ ނޫން ކަމެވެ. އިންސާނީ އެހީތެރިކަމުގެ މުހިންމު ކަމެވެ. ކިތަންމެ ނިކަމެތި ނަމަވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމެވެ.
މިއަދު އޮންލައިން