ރީތިވާން ކުރި އޮޕަރޭޝަނުގައި އަންހެނަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ރީތިވާން ކުރި އޮޕަރޭޝަނުގައި އަންހެނަކު މަރުވެއްޖެ
ޔޫއޭއީގެ އުމުރުން 25 އަހަރުގެ އަންހެނެއްކަމަށްވާ ފާޠިމާ ފިލިޕިންސަށް ކުރި ދަތުރެއްގައި ކޮސްމެޓިކް ސަރޖަރީ ހަދާ ސެންޓަރަކަށް ގޮސް ރީތިވާން އޮޕަރޭޝަން ކުރި ކުރުމުގެ ތެރޭގައި މަރުވެއްޖެއެވެ.

ޑޮކްޓަރުން ބުނީ އޭނާ ސަލާމަތް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް ސަލާމަތް ނުކުރެވުނީ ކަމަށެވެ. މަރުވެގެން ނެރުނު އިރުވެސް ނޭފަތުން ލޭ އާދެއެވެ.

ފާޠިމާއައީ އެވިއޭޝަން މަސައްކަތްކުރާ މުވައްޒިފެކެވެ. ޖަނަވަރީ މަހު ކައިވެނިކުރަން ހަމަޖެހިފައި އޮތުމުން ޢާއިލާ އާއިއެކު ފިލިޕިންސް އަށް ކުރި ދަތުރުގައި އިތުރަށް ރީތިވާން ކުރި މަސައްކަތްވީ ފާޠިމާގެ ނިމުން ކަމަށެވެ.

މިބާވަތުގެ އޮޕަރޭޝަންތައް ކުރާއިރު ކުރިމަތިވެދާނެ ނުރައްކާ ޑޮކްޓަރުން ކިޔައިނުދިނުމުގެ ސަބަބުން މިފަދަ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.
މިއަދު އޮންލައިން