ކަޝްމީރުގެ މައްސަލަ ފިނިކުރަން މީޑިއާ ހުއްޓުވައި ނޫސްތައް އަތުލައި ނޫސްވެރިން ހައްޔަރުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކަޝްމީރުގެ މައްސަލަ ފިނިކުރަން މީޑިއާ ހުއްޓުވައި ނޫސްތައް އަތުލައި ނޫސްވެރިން ހައްޔަރުކުރަނީ
ކަޝްމީރުގެ މައްސަލަ ފިނިކުރަން މީޑިއާ ހުއްޓުވައި ނޫސްތައް އަތުލއި ނޫސްވެރިން ހައްޔަރުކުރަން ފަށައިފިއެވެ.

މިގޮތުން ރޭ ވެސް ވަނީ ބައެއް ނޫސްތަކުގެ ޗާޕްކޮށްފައި ހުރި ހުރިހައި ކޮޕީތައް ސިފައިން އަތުލައިފައެވެ. އަދި އެއިރު ތަނުން ބޭރުކޮށްފައިވާ ކޮޕީތައް އެހެން ސްޓޭޓްތަކުން ވެސް އަތުލައިފައެވެ. 8 ނޫސްވެރިއަކު ވަނީ ބަންދުކޮށްފައެވެ.

ކަޝްމީރުގައި ކަރފިޔު ހިންގައިގެން އުޅޭތާ 8 ދުވަސްވީއިރުވެސް މައްސަލަތައް ހައްލުކުރެވުނު ކަމަކަށް ނުވެއެވެ.

ގިނަ ބައަކު ބުނަނީ ސަރުކާރުން ގަދަ ބާރު ދައްކައި މީހުން މަރަމުން ގެންދާހައި ދުވަހަކު ކަޝްމީރުގެ މައްސަލަތައް ހައްލު ނުގޯދޭނެ ކަމަށެވެ. އަދި މީޑިއާތައް ހުއްޓުވުމަކީ ކަޝްމީރުގެ މައްސަލައަށް އޮތް ޙައްލެއް ނޫން ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުން ގެންދާތީ އިންޑިއާގެ މީޑިއާ ކައުންސިލުތަކުން ގެންދަނީ ނުރުހުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން