ޓެންޒޭނިއާގެ ކުޑަ އަންހެން ކުއްޖެކެވެ. އުމުރުން ދުވަސްވީ ފިރިހެނަކަށް އޭނާގެ ބައްޕަ އޭނާ ވިއްކައިލީ 12 ގެރިއަށެވެ. ގެރިތައް ކައިރީގައި ހުރެގެން އެ ކުއްޖާ ބުނީ ގެރިއެއްގެ ގޮތުގައި އުފަންވިނަމަ އޭނާއަށް މާރަނގަޅު ކަމަށެވެ.
އެނާ ބުނީ ވިއްކައިލުމަށްފަހު އެމީހާ އާއި ކައިވެނި ކުރަން އެއްބަސް ނުވުމުން ކޮންމެ ދުވަހަކު އޭނާގެ ބައްޕަ އޭނާގެ ގައިގައި ތަޅައި އަނިޔާކުރި ކަމަށެވެ. ދެން އެހެން ގޮތެއް ނުފެނުމުން އެ މީހާގެ އަޅަކަށްވީ ކަމަށެވެ.
އޭނާ ބުނީ އަޅަކަށް ވާންޖެހުނު ފަހުން ކުރިމަތިވީ ބޮޑެތި މުޞީބާތްތަކާއި ކަމަށެވެ. ކޮންމެ ދުވަހަކު ކުރިމަތިލާންޖެހުނީ އެމީހާގެ "ރޭޕްކުރުން" ތަކާއި ކަމަށެވެ. އުމުރަށް ބަލައިލުމެއް އޯގާތެރެރިކަމުގެ ކަންފުޅެއްވެސް އެމީހާގެ ކިބައިން ނުފެންނަ ކަމަށެވެ.
ގެރިއެއްގެ ގޮތުގައި އުފަންވި ނަމަ މާރަނގަޅުކަމަށް އެކުއްޖާ އެބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ގެރި އަށް ކަތިލަންވަންދެން ކާން ބޯން ދޭނެއެވެ. އަނިޔާއެއް ނުކުރާނެއެވެ. ކަތިލަން ވުމުން ކަތިލާނީއެވެ. ކަތިލުމުން އެވަގުތު ވޭން އަޅައި ހުރިހައި ކަމެއް ނިމޭނެއެވެ. އިތުރުވޭންތަކެއްގައި ދުނިޔޭގައި އުޅޭކަށް ނުޖެހޭނެއެވެ.
ޒަމާން ބަދަލުވެއްޖެއެވެ. އިންސާނުން ކުރިއަރައިފިއެވެ. ނަމަވެސް އިންސާނިއްޔަތުކަމަށް އެކަންކަމުން ލިބުނީ ކޮން ކުރިއެރުމެއް ކަމާއިމެދު ސުވާލުތައް ދަނީ އުފެދެމުންނެވެ.