އަމިއްލަ ގުނަވަން "ގޯލްޑް ޕްލޭޓް" ކުރަން މަސައްކަތްކުރި މީހަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަމިއްލަ ގުނަވަން "ގޯލްޑް ޕްލޭޓް" ކުރަން މަސައްކަތްކުރި މީހަކު މަރުވެއްޖެ
އަމިއްލަ ގުނަވަން "ގޯލްޑް ޕްލޭޓް" ކުރަން މަސައްކަތްކުރި މީހަކު މަރުވެއްޖެއެވެ.

އެމެރިކާގެ ލޮސްއެންޖަލްސް އަށް ނިޞްބަތްވާ ނަޒާރިއޯ އަކީ ކޮމެޑީ ފިލްމު ކުޅުމުގައި މަޝްހޫރު މީހެކެވެ. އަދި ޖޭމްސް ބޮންޑްގެ ފިލްތަކުންވެސް ފެންނަ މީހެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވީ އޭނާގެ 21 ވަނަ އުފަން ދުވަހަށް ޚާއްޞަ ކަމެއް ކުރުމުގެ ގޮތުން ގަރާޖަކުން އޮޓޮމެޓިކުން ކުލަޖައްސާ މެޝިނެއް ވަގަށް ނަގައިގެން އަމިއްލަ ގުނަވަން ގޯލްޑް ޕްލޭޓްކުރަން އުޅުމުގެތެރޭގައި ދިމާވި މައްސަލަތަކަކާއި ގުޅިގެންނެވެ.

ލޮސްއެންޖަލްސްގެ ކޮމިޔުނިޓީ ހޮސްޕިޓަލުގެ ޑޮކްޓަރު ޑރ.އިއާން ބުނީ ގުނަވަންތައް ގޯލްޑް ޕްލޭޓް ކުރުމަކީ އަލަށް އުފެދިގެން އުޅޭ ވަބާއެއް ކަމަށާއި މިއަހަރުގެ މިހައިތަނަށް ވެސް 3 މީހަކު މިވަބާގައި މަރުވެފައިވާ ކަމަށެވެ.

ޑޮކްޓަރު ބުނީ މިދިއަ އަހަރުވެސް މިފަދަ ކަންކަން ކުރިމަތިވި ކަމަށާއި މިފަދަ އަމަލުތައް ކުރާ ގިނަ މީހުން ދަނީ މަރުވަމުން ކަމަށެވެ.
މިއަދު އޮންލައިން