5 މީހުން ވެގެން ރޭޕްކުރި އަންހެން ކުއްޖަކު 3 އަހަރު ފަހުން ހަމަ އެ 5 މީހުންވެގެން ރޭޕްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
5 މީހުން ވެގެން ރޭޕްކުރި އަންހެން ކުއްޖަކު 3 އަހަރު ފަހުން ހަމަ އެ 5 މީހުންވެގެން ރޭޕްކޮށްފި
5 މީހުން ވެގެން ގަދަކަމުން ޖިންސީގުޅުން ހިންގި އަންހެން ކުއްޖަކު އެއިގެ 3 އަހަރު ފަހުން ހަމަ އެ 5 މީހުންވެގެން ގަދަކަމުން ޖިންސީ ގުޅުން ހިންގުމުން ދިމާވި މައްސަލަތަކާއި ގުޅިގެން މިހާރު އޮތީ އެޑްމިޓްކޮށްފައެވެ.

އަންހެން ކުއްޖާ ފުރަތަމަ ރޭޕްކުރީ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގެ އަވަށެއްގައެވެ. މައްސަލައިގެ ތަޙްޤީޤް ކުރަން ފުލުހުން ފެށުމުން ޢާއިލާ ވަނީ ސަލާމަތްކަން ހޯދުމަށް އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދަކަށް ބަދަލުވެފައެވެ.

ޢާއިލާ އިން ބުނީ އެމީހުން ބޭނުންވަނީ ކޮންމެ ހާލެއްގައި ނަމަވެސް ދަރިންނަށް ކިޔައިދޭން ކަމަށެވެ. އެހެންކަމުން ސަލާމަތްކަމާއިއެކު ދިރިއުޅެވޭނެ ކަމަށް ބަލައި އެހެން ސަރަހައްދަކަށް ހިޖުރަކުރީ ކަމަށެވެ.

ފައިސާ ބަހައްޓައިގެން ޖަލުން ސަލާމަތްވެ ތިބި އެ 5 މީހުން މިފަހަރު ކުއްޖާ ރޭޕްކުރީ ކޮލެޖުން ނުކަތްވަގުތު އަތުލައިނެގެން ގެންގޮހެވެ.

ޢާއިލާއިން ބުނީ ފުރަތަމަ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށާއި އެ މައްސަލަ ދޫކޮށްދިނުން އެދި 50 ލައްކަ ރުފިޔާ އެ 5 މީހުންގެ ފަރާތުން ހުށަހެޅި ކަމަށެވެ. "ކިތަންމެ ފަޤީރު ނަމަވެސް އަހަރެމެން ބޭނުމެއް ނޫން ދަރިންގެ އިއްފަތް ފޭރޭމީހުންގެ އަތުން އެއްވެސް ފައިސާއެއް. އެހެންވެގެން ކަމަށްވެދާނެ މިފަހަރު އެކަން އެކުރީ."

ފުލުހުން ބުނީ މިމައްސަލަ ބުދަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. މި 5 މީހުންނަކީ އިންޑިއާގެ އިސް ދަރިކޮޅުގެ 5 މީހުންނެވެ.
މިއަދު އޮންލައިން