ވަގަށް ނެގުމަށްފަހު ޗޭނު ޖަހައި މޫނު ބުރުގާ އަޅުވާފަ ހުއްޓާ ޕާކިސްތާނު އިސްފަނޑިޔާރެއްގެ ފިރިހެން ދަރިފުޅު ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ވަގަށް ނެގުމަށްފަހު ޗޭނު ޖަހައި މޫނު ބުރުގާ އަޅުވާފަ ހުއްޓާ ޕާކިސްތާނު އިސްފަނޑިޔާރެއްގެ ފިރިހެން ދަރިފުޅު ސަލާމަތްކޮށްފި
ޠާލިބާނުން ވަގަށް ނެގުމަށްފަހު ޗޭނު ޖަހައި މޫނު ބުރުގާ އަޅުވާފަ ހުއްޓާ ޕާކިސްތާނު އިސްފަނޑިޔާރެއްގެ ފިރިގެން ދަރިފުޅު ސަލާމަތްކޮށްފިއެވެ.

ޕާކިސްތާނުގެ ސިފައިންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިއަ އަންގާރަ ދުވަހު ސިންދު ޕްތޮވިންސުގެ ޗީފް ޖަސްޓިސް ސައްޖާދު ޢަލީ ޝާހްގެ ދަރިފުޅު އަވައިސް ޝާހް ސަލާމަތްކުރީ ކާރެއްގެ ފަހަތު ސީޓުގައި ޗޭނުޖަހައި މޫނު ބުރުގާ އަޅުވާފައި އިންދައެވެ.

ސިފައިން ބުނީ މިކަމަށް ހިންގި އޮޕަރޭޝަންގައި ޠާލިބާނުންގެ 3 ހަނގުރާމަވެރިއަކު މަރާލެވުނު ކަމަށެވެ. އަދި އޭނާ ސަލާމަތްކުރީ އެ ރޭ ދަންވަރު 2:00 ހައިއިރު އަފްޣާނިސްތާނަށް ގެންދަން މަސައްކަތްކުރަނިކޮށް ކަމަށް ބެލެވޭ ކަމަށެވެ.

އަވައިސް ވަގަށް ނެގީ ސްޕަރމާކެޓަކުން ނުކުތްތަނާ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. މިކަމާއިބެހޭ ގޮތުން ދައްކަވާނެ އެއްވެސް އިތުރު ވާހަކަފުޅެއް ނެތްކަމަށް ޗީފް ޖަސްޓިސް ވަނީ ވިދާޅުވެފައެވެ. "އެނގޭ ކަމަކީ ކޮންމެވެސް ބައަކު ދަރިފުޅު ވަގަށް ނެގިކަން. މިހާރު ފެނިއްޖެކަން. އެކަންކުރީ ކޮންބައެއްކަމެއް ނޭނގެ"
މިއަދު އޮންލައިން