ޅިޔަނުންތަކެއް 14 އަހަރުގެ މާބަނޑު އަންހެން ކުއްޖެއް ދިރިހުއްޓާ އަންދާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޅިޔަނުންތަކެއް 14 އަހަރުގެ މާބަނޑު އަންހެން ކުއްޖެއް ދިރިހުއްޓާ އަންދާލައިފި
ޅިޔަނުންތަކެއް ވެގެން 14 އަހަރުގެ މާބަނޑު އަންހެން ކުއްޖެއް ދިރިހުއްޓާ އަންދާލައިފިއެވެ. މިހާދިސާ ހިންގާފައިވަނީ އަފްޣާނިސްތާނުގެ އަވަށެއްގައެވެ.

އަންހެން ކުއްޖާގެ ބައްޕަ ބުނީ އެ (އަންހެންކުއްޖާގެ ފިރިމީހާގެ) އާއިލާއިން ހެދީ ވަރަށް ބޮޑު މަކަރެއް ކަމަށެވެ. "އެމީހުން އެއްބަސްވީ ކައިވެނީގެ ރަނެއްގެ ގޮތުން އަހަރެންގެ ކުޑަ ދަރަންޏެއް ކަނޑައިލަދޭން. އެ ގޮތަށް އެއްބަސްވެ ކައިވެނި ކުރީ. ނަމަވެސް ފަހުން އެމީހުން އަހަރެން އަތުން ފައިސާ ވެސް ބޭނުންވީ. ދޭން ނުލިބުނީމާ ދަރިފުޅަށް އެ ހާލު ޖެއްސީ."

ބައްޕަ ބުނީ ކުށްކުރި މީހުންނަށް ޙައްޤު އަދަބު ދެވެންޖެހޭނެ ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުގައި ކަންކަން މިހާރު ހުރިގޮތުން އެއްވެސް އިންޞާފެއް ލިބޭނެ ކަމުގެ އުންމީދެއްވެސް ނެތް ކަމަށެވެ.

އަންހެންކުއްޖާ ބާލިޣްވާތަނުން ކައިވެނިކުރުވުމަކީ އަފްޣާނިސްތާނުގައި ވަރަށް ޢާންމު ކަމެކެވެ. އަދި އަންހެން ކުދިންނަށް އިހާނެތި ގޮތުގައި ކަންކަން ކުރުމާއި މަރައި ހެދުމަކީވެސް އެހައިމެ ޢާންމު ކަމެކެވެ.
މިއަދު އޮންލައިން