ދުބާއީގެ އެންމެ އުސް ޓަވަރުތަކުގެ ތެރޭގައި ހިމެނޭ ދުބާއީ މެރީނާ ޓަވަރުގައި އަލިފާން ރޯވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓަވަރުގެ ބައަކުން އަލިފާން ފެނުނީ ރޭ ދަންވަރު 2:40 ހައިއިރުއެވެ.
ދުނިޔޭގެ އެންމެ އުސް ޓަވަރުތަކުގެތެރޭގައި ހިމެނޭ މި ޓަވަރުގައި އަލިފާން ރޯވީ ޓަވަރުގެ 35 ވަނަ ބުރީގައި ކަމަށް ބެލެވެއެވެ.
މިހާދިސާ އާއި ގުޅިގެން ޓަވަރުގައި ތިބި އެންމެން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. މިހާދިސާގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. މަންޒަރު ދުށް މީހަކު ބުނެފައިވަނީ އިމާރާތުން ގިނަ އަދަދެއްގެ ބިއްލޫރި އާއި މެޓަލް ބުރިތައް ވެށްޓުނު ކަމަށެވެ.
މިއީ 300 މީޓަރު އުހަށް 86 ބުރިއަށް އިމާރާތްކޮށްފައިވާ ޓަވަރެކެވެ.