އުޅެން ބޭނީ އެންމެ އުހުގަ: ދާ ކޮންމެ ޓަވަރެއްގަ އަލިފާން ރޯވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އުޅެން ބޭނީ އެންމެ އުހުގަ: ދާ ކޮންމެ ޓަވަރެއްގަ އަލިފާން ރޯވަނީ
ދުބާއީގައި ދިރިއުޅޭ ސީރިޔާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޢައްމާރު އަލްބިތާރު ބުނީ އޭނާ ދިރިއުޅެން ބޭނުންވަނީ އެންމެ އުހުގައި ކަމަށެވެ. ނަމަވެސް މައްސަލައަކީ ދިރިއުޅެން ފަށާ ކޮންމެ ޓަވަރެއްގައި އަލިފާން ރޯވާކަން ކަމަށެވެ.

ޢައްމާރު ބުނީ ފުރަތަމަ އޭނާ ދިރިއުޅުނީ ޓޯޗް ޓަވަރުގެ 51 ވަނަ ބުރީގައި ކަމަށެވެ. އަދި އެތަނުން ނުކުންނަން ޖެހުނީ އެތަނުގައި އަލިފާން ރޯވުމުން ކަމަށެވެ. ދެން ބަދަލުވީ ސުލަފާ ޓަވަރުގެ 46 ވަނަ ބުރިއަށް ކަމަށާއި އެތަނުންވެސް ނުކުންނަން ޖެހުނީ އެތަނުގައި އަލިފާން ރޯވުމުން ކަމަށެވެ.

"އަހަރެން ދިރިއުޅެން ބޭނުމީ އެންމެ އުހުގަ. އުހުގަ ހުރެގެން ބޭރު ބެލީމަ ވަރަށް ހިތްހަމަޖެހުންލިބޭ. މަންޒަރުތައް ވަރަށް ރީތި. އެހެންވެ އުސް ތަންތަނުގަ ދިރިއުޅެން މަސައްކަތް ކުރަނީ."

ޢައްމާރު ބުނީ ކޮންމެ ތަނަކުންވެސް ނުކުންނަންޖެހެނީ ހަމައެކަނި ވޮލެޓް ހިފައިގެން ކަމަށެވެ. އަދި އެއީ މިހައިތަނަށް އޭނާގެ ނަޞީބު ހުރި ގޮތް ކަމަށް ޤަބޫލުކުރާ ކަމަށެވެ.
މިއަދު އޮންލައިން