29 މީހުންނާއެކު ދަތުރުކުރި އިންޑިއަން އެއާފޯސްގެ ފްލައިޓެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަސިއާ އިން އުފައްދާފައިވާ އޭއެން 32 މަރުކާގެ ފްލައިޓު ދަތުރުކުރީ ޗެންނާއީގެ ދެކުނު ސަރަހައްދަކުން ހެނދުނު 8:30 ހައިއިރު ފުރައިގެން އަންދަމަން އެންޑް ނިކޯބާ އައިލަންޑްސްގެ ވެރިރަށް ޕޯޓް ބްލެއަރ އަށެވެ.
ފްލައިޓް ހޯދުމުގެ މަސައްކަތް ކަނޑާއި މަތިން ގެންދަނީ ކުރަމުންނެވެ. ފްލައިޓަށް ތެޔޮ ނުއަޅައި އުދުހެވޭނީ 4 ގަޑިއިރުއެވެ.