ޣާޒާގެ މުވައްޒިފުންގެ މުސާރަ ދިނުމަށް ޤަތަރުން 30 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޣާޒާގެ މުވައްޒިފުންގެ މުސާރަ ދިނުމަށް ޤަތަރުން 30 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ
ޣާޒާގެ މުވައްޒިފުންގެ މުސާރަ ދިނުމަށް ޤަތަރުން 30 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. މިއީ ޤަތަރު ފައިސާއިން ނަމަ 113 މިލިއަން ރިޔާލައެވެ.

ޤަތަރުގެ އަމީރު ވިދާޅުވީ މި އެހީ ދެއްވަނީ ޣާޒާގެ ސިވިލްސަރވިސްގެ މުވައްޒިފުންނަށް 2013 ވަނަ އަހަރުން ފެށިގެން ހަމަ މުސާރަ ނުދެވޭތީ ކުރިމަތިވެފައިވާ ދަތިތަކުން މުވައްޒިފުން ސަލާމަތް ކުރެއްވުމަށް ވެދެއްވާ އެހީއެއްގެ ގޮތުގައި ކަމަށެވެ.

ޣާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނީ މިއީ ވަރަށް ބޮޑު އެހީއެއް ކަމަށާއި މިއެހީގެ ސަބަބުން ވަރަށް ގިނަ ބައަކަށް ފައިދާކުރާނެ ކަމަށެވެ.
ފަލަސްޠީނަށްވެސް ފައިސާގެ ދަތިކަން ހުރުމާއިއެކު ޣާޒާއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ފަލަސްޠީނު ސަރުކާރަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ޣާޒާއަށް އެހެން ޤައުމުތަކުން އެހީވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިޒްރޭލުން އެހީތައް ހިފަހައްޓަމުން ގެންދިއުމެވެ.

އިޒްރޭލުން ވަނީ ޣާޒާ އާރާސްތުކުރުމަށް އދގެ އެޖެންސީތަކުން ގެންދާ ސިމެންތި ގެންދިއުންވެސް ދާދިފަހުން ހުއްޓުވައިފައެވެ. ހުއްދަ ދިނީ ދެ މަހެއްހައި ދުވަހު ގެންދިއަ ނުދީ ހިފެހެއްޓުމަށްފަހުއެވެ.
މިއަދު އޮންލައިން