އުސާމާ ބިންލާދިން ދިރިއުޅުއްވި ބިމުގައި ކުރާނެ ކަމަކާއިމެދު މައްސަލަ އުފެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އުސާމާ ބިންލާދިން ދިރިއުޅުއްވި ބިމުގައި ކުރާނެ ކަމަކާއިމެދު މައްސަލަ އުފެދިއްޖެ
ޕާކިސްތާނުގައި އުސާމާ ބިންލާދިން ދިރިއުޅުއްވި ބިމުގައި ކުރާނެ ކަމަކާއިމެދު މައްސަލަ އުފެދިއްޖެއެވެ.

މުނިސިޕަލިޓީން ބޭނުންވަނީ އެ ބިމުގައި ކުޑަކުދިންނަށް ޕާކެއް ހެދުމަށެވެ. ސިފައިން ބޭނުންވަނީ އެ ބިމަކީ ފަޅުތަނަކަށް ހެދުމަށްޓަކައި އެ ބިމުގައި ސަހަރާއެއް ހެދުމަށެވެ.

މިއީ 38،000 އަކަަފޫޓުގެ ބިމެކެވެ. ބިމުގެ މިހާރުގެ އަގަށް ބަލައިފިނަމަ އެއީ 285،000 ޑޮލަރުގެ އަގުހުރި ބިމެކެވެ.

2011 ވަނަ އަހަރުގެ މެއި މަހު އެމެރިކާއިން ބިންލާދިން އަވަހާރަކޮށްލަންދެން 7 އަހަރު ދުވަހު ބިންލާދިން ވަނީ ސިއްރިޔާތުގައި އެ ތަނުގައި 3 ބުރިއަށް ހުރި ވަރަށް އާދައިގެ ފެންވަރުގެ އިމާރާތެއްގައި ދިރިއުޅުއްވައިފައެވެ.

އެ ބިމުގައި ބިންލާދިންގެ ޛިކުރާ އައުކުރެވޭ ފަދަ ކަމެއް ނުކުރުމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން