ކާބުލްގައި ޝިޢީން ކުރިއަށް ގެންދިއަ ބޮޑު ހިނގާލުމަކަށް ހަމަލާދީ ގިނަ ބައަކު މަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ކާބުލްގައި ޝިޢީން ކުރިއަށް ގެންދިއަ ބޮޑު ހިނގާލުމަކަށް ހަމަލާދީ ގިނަ ބައަކު މަރައިފި
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ހަވީރު ޝިޢީން ކުރިއަށް ގެންދިއަ ބޮޑު ހިނގާލުމެއްގެތެރޭގައި ބޮންތަކެއް ގޮއްވުމުން ގިނަ ބައަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 160 އަށްވުރެ ގިނަ މީހުން ވަނީ ޒަޙަމްވެފައެވެ.

ސަރުކާރުން ބުނެފައިވަނީ ގޮވީ ކޮންއެއްޗެއްކަން އަދިނުއެނގޭ ކަމަށާއި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު ބަލަމުން ގެންދާ ކަމަށެވެ.

ޝިއީން ހިނގާލުން ބޭއްވީ ކަރަންޓު ލިބުމުގެ ދަތިކަން ބޮޑުވެގެންނެވެ.
މިއަދު އޮންލައިން