ބިޔަ ދަރަނިތަކުން ސަލާމަތްވާން ސްރީލަންކަންގެ ފްލައިޓުތައް ކުއްޔަށް ދޫކުރަން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބިޔަ ދަރަނިތަކުން ސަލާމަތްވާން ސްރީލަންކަންގެ ފްލައިޓުތައް ކުއްޔަށް ދޫކުރަން ފަށަނީ
ސްރީލަންކާ އަށް ކުރިމަތިވެފައިވާ ބިޔަ ދަރަނިތަކުން ސަލާމަތްވުމަށް ސްރީލަންކަންގެ ފްލައިޓުތައް ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

ސްޓޭޓް އެންޓަރޕްރައިޒަސް ޑިވޮލޮޕމަންޓް މިނިސްޓަރ ވިދާޅުވީ ފްލައިޓުތައް ކުއްޔަށް ދޫކުރުމަށްޓަކައި އީރާނާއި އަދި ޕާކިސްތާނާއިއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އަދި ޕާކިސްތާނުން ވަރަށް އަވަހަށް އެއް ފްލައިޓް ގެންދާނެ ކަމަށެވެ.

"ޕާކިސްތާން އިންޓަރނޭޝަނަލް އެއާވޭޒް (ޕީޓީއޭ) އާއިއެކު ކުރަމުން އަންނަ މަޝްވަރާތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ. އިތުރު 3 ފްލައިޓުވެސް ޕީއައިއޭއަށް ބޭނުންވޭ."

މިނިސްޓަރު ވިދާޅުވީ ފްލައިޓުތައް ކުއްޔަށް ދޫކުރަނީ ކްރޫންނާއިވެސް އެކުގައި ކަމަށެވެ. އަދި ފްލައިޓުތައް ޢާންމުކޮށް ބޭނުންކުރާނީ ޕާކިސްތާނާއި އިނގިރޭސިވިލާތާއި ދެމެދުގެ އުދުހުންތަކަށް ކަމަށެވެ.

އެއާލަންކާގެ ނަމުގައި ވަރަށް ކާމިޔާބުކަމާއިއެކު ހިންގި އެއާލައިނަށް މިހާރުވަނީ 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަންޏެއް ކުރިމަތިވެ ދަތުރުތައް ހުއްޓޭ ހިސާބަށް ކަންކަން ގޮސްފައެވެ. ސްރީލަންކަންގެ ދަރަނި މިހައި ބޮޑުވެގެންދިއައީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައެވެ.
މިއަދު އޮންލައިން