28 އަހަރުފަހުން އަންހެން ދެބެއިން ފުލުހުންގެ އެހީގައި އެމީހުންގެ މަންމަ ހޯދައިފިއެވެ.
ޢާއިޝާ އާއި ފާޠިމާ އަކީ އިންޑިއާގެ ދެމަފިރިއަކަށް ދުބާއީގައި ލިބުނު ދެބެއިންނެވެ. އެކުދިންގެ ވަރަށް ހަގު އުމުރުގައި ކައިވެނި ރޫޅުމުން މަންމައަށް އިންޑިއާއަށް އަންނަން ޖެހުނީ ކުދިން ބައްޕައަށް ދޫކޮށްފައެވެ. އެހިސާބުން ފެށިގެން ދެބެންނަށް ވަނީ މަންމަ ގެއްލިފައެވެ.
ދެބެން ބޮޑުވުމުން ދެބެން އެކުގައި ހައިދަރުއާބާދަށް އައީ މަންމަ ދުށުމުގެ ބޭނުމުގައެވެ. ނަމަވެސް މަންމަ ދިރިއުޅޭ ތަނެއް ނުއެނގުމުން އެމީހުންނަށް މަންމަ ފެންނާނެ އެއްވެސް ގޮތެއް ނުވުމުން އެމީހުން އެނބުރި ދުބާއީއަށް ދިއައީ އެކަމުގައި އެހީތެރިވެދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.
ދެބެއިންގެ އެދުމަށް ފުލުހުން ކުރި މަސައްކަތުން މަންމަ ފެނުނީ ހައިދަރު އާބާދާއި 125 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދަކުންނެވެ.
މަންމަގެ މިހާރުގެ އުމުރަކީ 60 އަހަރެވެ. ދުބާއީ އިން އައިސް ނާޒިޔާ ބޭގަމް ވަނީ އެހެން ފިރިހެނަކާ ކައިވެނިކޮށްފައެވެ. ކައިވެނީގެ ތެރެއިން 3 ދަރިންވެސް ވަނީ ލިބިފައެވެ.
ފުލުހުންގެ އެހީތެރިކަމާއިއެކު މަންމަ އާއި ބައްދަލުކުރެވުނު ވަގުތުކޮޅު ވެގެންދިއައީ 3 މައިންނަށްވެސް ވަރަށް އަސަރުކުރި ވަގުތުކޮޅަކަށެވެ. "އަހަރެމެން މިތިބީ މަންމަ ދުވަހަކުވެސް ނުފެންނާނެ ކަމަށް ދެކިގެން. ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އޯގާތެރިވަންތަކަމުން އަހަރެމެންނަށް ބައްދަލުމިވެވުނީ."
ދެބެއިންނަކީ މިހާރު ކިޔަވައިގެން ރަނގަޅު ވަޒީފާގައި ތިބި ދެބެއިންނެވެ. ދެބެއިން ބުނީ އެމީހުންގެ މަންމަ ހޯދައި އެހީތެރިވުމުގައި އެމީހުންނަށް ވެވިފައިވާ އިހްމާލް ޤަބޫލުކުރާ ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ މަންމަ އާއި މަންގެ މިހާރުގެ ޢާއިލާ ވެސް ދުބާއީއަށް ގެންދަން ކަމަށެވެ.