ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެއް ކަމަށްވާ ހައިނާގެ މަހުން ތަކެތި ތައްޔާރުކޮށް ވިއްކާތީ ސައުދިއަރަބިޔާގެ އާސިރުގެ ރެސްޓޯރަންޓެއް ބަންދުކޮށް 10،000 ރިޔާލައިން ޖުރުމަނާކޮށްފިއެވެ.
ޒުލުހުން އެތަނަށް ގޮސް ބެލިއިރު އެއިރުވެސް ހައިނާ މަހުން ތަފާތު ކެއުންތައް ގެންދިއައީ ތައްޔާރުކުރަމުންނެވެ.
ޑޮކްޓަރުން ބުނަނީ ޞިއްޙީ ގޮތުން ބަލާއިރު ހައިނާގެ މަހަކީ ޚާއްޞަ ފައިދާއެއް ހިމެނޭ އަދި ގެއްލުމެއްވެސް ލިބޭ މަހެއް ނޫން ކަމަށެވެ. އެމަސްކާ މީހުން ބުނަނީ އެ މަހަކީ ފުއްލާގެ މަހަށްވުރެ ވެސް މީރު އަދި ރަހަ ގަދަ މަހެއް ކަމަށެވެ.
ސައުދީ ސަރުކާރުން ބުނީ ހައިނާ ޖަނަވާރު ހިމާޔަތްކުރަން ބޭނުންވާ ކަމަށެވެ. އަދި އެއީ ޤައުމުގެ ތާރީޚާއި ގުޅިފައިވާ ޖަނަވާރެއް ކަމަށެވެ.