މަސައްކަތްކުރަން ފުރުޞަތު ދިނުމުން ރިފިޔުޖީންނަށާއި ޤައުމަށްވެސް ލިބެނީ ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަސައްކަތްކުރަން ފުރުޞަތު ދިނުމުން ރިފިޔުޖީންނަށާއި ޤައުމަށްވެސް ލިބެނީ ފައިދާ!
މަސައްކަތްކުރަން ފުރުޞަތު ދިނުމުން ރިފިޔުޖީންނަށާއި ޤައުމަށްވެސް ލިބެނީ ފައިދާކަން އުރުދުންގައި ދަނީ ވަރަށް ރަނގަޅަށް ހާމަވަމުންނެވެ.

އެތައް މިލިއަން ރިފިޔުޖީން ތިބޭއިރު އެންމެންނަށް ބޭނުންވާ ހުރިހައި ކަންކަން ކޮށްދިނުމަކީ ސަރުކާރަށް ކުޅަދާނަ ކެމެއް ނޫނެވެ. އަދި ރިފިޔުޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތައް ވެސް ވަނީ ނުކުޅެދިފައެވެ.

އުރުދުން އިން މިހާރު ވަނީ އަމިއްލައަށް މަސައްކަތްކުރުމުގެ ހުއްދަ 23،000 ރިފިޔުޖީންނަށް ދީފައެވެ. ނަތީޖާއެއްގެ ގޮތުން ދަނޑުވެރިކަން ފަދަ މަސައްކަތްތައް ރިފިޔުޖީން ދަނީ ކުރަމުންނެވެ. ދަނޑުވެރިކަން ކުރުމުން ރިފިޔުޖީންނަށް ކާނާ ލިބެއެވެ. އުރުދުންގެ ރައްޔިތުންނަށްވެސް ކާބޯތަކެތި ލިބެއެވެ.

ފަވާޒް އަކީ އުރުދުންގައި ދިރިއުޅޭ ސީރިޔާގެ ރިފިޔުޖީއެކެވެ. ހުއްދަ ނުދޭއިރު ފުލުހުން ފެނުނީމާ ފިލަމުންވެސް ދަނޑުވެރިކަން ކުރި މީހެކެވެ. ހުއްދަ ލިބުމުން އެއްވެސް ބިރެއް ނެތި މިނިވަންކަމާއިއެކު ފަވާޒް ގެންދަނީ ދަނޑުވެރިކަން ކުރަމުންނެވެ. ފަވާޒް ބުނަނީ މަސައްކަތެއް ނުކޮށް ހުރުމުން ހީވަނީ ޖަލުގެ ގޮޅިއެއްގައި ހުރެވޭހެން ކަމަށެވެ.

އުރުދުންގައި 650،000 ރިފިޔުޖީން ތިބިއިރު އެއިގެ ތެރެއިން 80 އިންސައްތަ ރިފިޔުޖީން ދިރިއުޅެނީ ޢާއިލާތަކާއިއެކުގައެވެ. ކޭމްޕުތަކުގައި އުޅެނީ 20 އިންސައްތަ މީހުންނެވެ.

އުރުދުންގެ ސަރުކާރުން ގެންދަނީ ރިފިޔުޖީންނަށް މަސައްކަތްކުރުމުގެ ހައްޤު ހޯދައިދީގެން ޤައުމުގެ އުފެއްދުންތެރިކަން ކުރިއަރުވަން މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން