ވަޒިފާ އިން ވަކިކުރުމުން ނުކުޅަދުންތެރިކަން ހުންނަ 19 މީހުން ކަތިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ވަޒިފާ އިން ވަކިކުރުމުން ނުކުޅަދުންތެރިކަން ހުންނަ 19 މީހުން ކަތިލައިފި
ވަޅި ހިފައިގެން ހުރި މީހަކު ޖަޕާނުގައި ނުކުޅަދުންތެރިކަން ހުންނަ މީހުން ބައިތިއްބާ މަރުކަޒަކަށްވަދެ 19 މީހުން ކަތިލައި އެތައް ބައަކު ޒަޚަމްކޮށްލައިފިއެވެ.

އެމީހާއަކީ މިއަހަރުގެ ފެބްރުއަރީ މަހު އެތަނުގެ ވަޒިފާއިން ވަކިކޮށްފައިވާ މީހެކެވެ. އެހެންކަމުން އެމީހާ މިކަން ކުރީ އެކަމުގެ ރުޅިވެރިކަމުގައި ކަމަށް ވަނީ ބެލެވިފައެވެ.

ފުލުހުން ބުނީ އެތަނަށް މައްސަލައެއް ކުރިމަތިވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 2:30 ހައިއިރު ކަމަށެވެ. ފުލުހުން އެތަނަށް ދިއައިރު އެމީހާ ވަނީ އެތަނުން ފިލައިފައެވެ. ނަމަވެސް 2 ގަޑިއިރު ފަހުން އެމިހާ ވަނީ އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންނާއި ހަވާލުވެފައެވެ.

2001 ވަނަ އަހަރު ވަޅި ހިފައިގެން ހުރި މީހަކު ވަނީ ކުޑަކުދިންގެ ސްކޫލަކަށް ވަދެ 9 ކުދިން ކަތިލައި 13 މީހުން ޒަޚަމްކޮށްލައިފައެވެ.

މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަޕާނުގައި ހިންގި މިފަދަ އެންމެ އަނިޔާވެރި އަމަލެވެ.
މިއަދު އޮންލައިން