ކުށްކުރާ ފަރާތްތަކުގެ މައުލޫމާތުދޭ ފަރާތްތަކަށް ޖުރުމަނާގެ 25% ދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ކުށްކުރާ ފަރާތްތަކުގެ މައުލޫމާތުދޭ ފަރާތްތަކަށް ޖުރުމަނާގެ 25% ދެނީ
ސައުދިއަރަބިޔާގައި ކުށްކުރާ އަދި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ޖުރުމަނާގެ 25 އިންސައްތަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މީގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް އައިޓީ މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ އަދާކުރާ މީހުން ހޯދައި އެކަމުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތައް ވެސް ހިމެނެއެވެ.

ސައުދީ ސަރުކާރުން ބުނީ ސައުދިއަރަބިޔާއަކީ ސައުދީ ރައްޔިތުންނަށް ފައިދާހުރި ޤައުމަކަށް ހެދުމަށްޓަކައި ސައުދީ ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ސަރުކާރުން ބުނީ ޤަވާއިދާއި ޚިލާފަށް ހިނގާ ހުރިހައި ކަންކަން އަތުލައިގަތުމަކީ ހަމައެކަނި ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ ބައިވެރިވުން ވެސް ލިބިގެން ކަމަށެވެ.
މިއަދު އޮންލައިން