49 ޑޮލަރަށް 16 ކޮޓަރީގެ ލަގްޒަރީ ރިޒޯޓެއް ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
49 ޑޮލަރަށް 16 ކޮޓަރީގެ ލަގްޒަރީ ރިޒޯޓެއް ލިބިއްޖެ
ލަކީޑްރޯއެއްގައި އޮސްޓްރޭލިއާގެ 49 ޑޮލަރު ހޭދަކުރި މީހަކަށް އިންޑޮނޭސިއާގެ 16 ކޮޓަރީގެ ލަގްޒަރީ ރިޒޯޓެއް ލިބިއްޖެއެވެ.

ޓިކެޓު ނަމްބަރު ދިމާވެގެން ރިޒޯޓު ލިބިފައިވަނީ ކޮޝުއާ ވޮން ކިޔާ އޮސްޓްރޭލިއާގެ މީހަކަށެވެ. އޭނާގެ އިތުރު ތަފްޞީލު އަދި ހާމައެއް ނުކުރެއެވެ.

ރިޒޯޓުގެ ވެރިފަރާތުން ބުނީ ރިޒޯޓު ވިއްކާލަން ބޭނުންވެގެން ގަންނާނެ މީހަކު ހޯދަން ނަޞީބު ނަމްބަރު ނަގަން ނިންމީ ވެރިފަރާތުގެ ދަރިފުޅު ކަމަށެވެ.

ރިޒޯޓުގެ މިހާރުގެ ވެރިފަރާތުން ބުނީ ރިޒޯޓުގެ އެއްވެސް ދަރަންނެއް ނުއޮންނާނެ ކަމަށެވެ. އަދި އެއީ ފައިދާވަމުން އަންނަ ރިޒޯޓެއް ކަމަށާއި އަދި އިތުރު 20 އަހަރު އެއްބަސްވުމުގައި ބާކީ އެބައޮތް ކަމަށެވެ.

1994 ވަނަ އަހަރު ރިޒޯޓު ތަރައްޤީކުރީ އޮސްޓްރޭލިއާ މީހެކެވެ. އޭނާ ރިޒޯޓުގައި 20 އަހަރު ދިރިއުޅުމަށްފަހު ރިޒޯޓު ދޫކޮށްލަން ނިންމީ އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރުމަށެވެ.
މިއަދު އޮންލައިން