އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި 2 ފިރިހެނަކުވެގެން ޔަހޫދީ ފަތުރުވެރިއަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކައިރީގައި އޮންނަ އެހެން ރަށަކަށް ދިއުމަށް އޭނާ އެރީ 6 ފިރިހެނުން ތިބި ކާރަކުން އޭނާ ގެންގޮސްދީފާނެ ކަމަށް ބުނުމުންނެވެ. ދިއަ މަގުމަތީގައި މަޑުކޮށް އެއިގެ ތެރެއިން 2 މީހަކު އޭނާ އާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހީންގީއެވެ.
ފުލުހުން ވަނީ މި ހާދިސާ އާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައެވެ. ކާރުގައި ދެން ތިބި 4 މީހުން ހޯދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ގަދަކަމުން ޖިންސީ ގޯނާކުރުމާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގައި އިންޑިއާ މިހާރު ވަނީ ރެކޯޑް ހޯދާފައެވެ. އިންޑިއާ އަކީ އެންމެ ގިނަ ފަތުރުވެރިން ސިޔާރަތްކުރާ މިސަރަހައްދުގެ ޤައުމެވެ.